ބޮޑު އީދު ފާހަގަކުރުމަށް ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

އީދު ފާހަގަ ކުރުމުގެ ގޮތުން ކަމަދޫގައި ކުރިއަށްގެންދާ އީދު ކުޅިވަރުތަކުގެ ތެރެއިން—ފޮޓޯ: ފޭސްބުކް

ދިވެހި ބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީއާ ގުޅިގެން މި އަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މިއަހަރުވެސް ބޮޑު އީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ އެ ރަށަކުން އީދުގައި ކުޅޭނެ ކުޅިވަރުތަކާއި ކައުންސިލުން އެކަމަށް ކުރާނެ ހަރަދުތަކާއި އަގަކާ ނުލައި އެ ރަށަކުން ކުރާނެ ކަންތައްތަކަށް ކަމަށެވެ. މިނިސްޓްރީން އެކަމަށް ބޭނުން ވާނެ ފައިސާގެ އަދަދު ވެސް ހިމަނަން ޖެހެ އެވެ.

ސަގާފަތާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި މި އަހަރު ވެސް ބޮޑު އީދުގެ ހަރަކާތްތައް ތިން ރަށެއްގައި ފާހަގަކުރުމަށް ވަނީ ނިންމައިފަ އެވެ. އެކަމަކު ރަށްތައް ކަނޑައަޅާނީ އެންމެ ރަނގަޅު ތިން ޕްރޮޕޯސަލް ހުށަހަޅާ ރަށްތައް ބެލުމަށް ފަހު ކަމަށް މިނިސްޓްރީން ބުންޏެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން، އަންނަ މަހުގެ އެއް ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ޕްރޮޕޯސަލް އެ މިނިސްޓްރީގެ [email protected] މެއިލް ކުރުމަށް ވަނީ އެދިފަ އެވެ. އެ އިއުލާނާ އެކު މިނިސްޓްރީން ވަނީ މާކްސް ދޭނެ ގޮތުގެ ލިޔުން ވެސް އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި އިސްރަށްވެހިންނަށް ބައިވެރިވެވޭނެ ކުޅިވަރުތައް ހިމެނުމާއި ދިވެހި ސަގާފަތް ދައްކުވައިދޭ ކުޅިވަރު ހިމަނާފައިވާ ނަމަ ވެސް މާކްސް ލިބޭނެ ކަމަށް ހިމަނާފައިވެ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ބޮޑު އީދު ދުވަހަކީ ޖޫން 6 އެވެ. ހައްޖު ދުވަހާއި އީދު ދުވަހާ އެކު، ޖޫން 5 އިން ފެށިގެން ޖޫން 9 އާ ހަމައަށް ސަރުކާރު ބަންދުވެ އެވެ. ހައްޖު ދުވަހަކީ ޖޫން 5 އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.