
އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކަޑަމީ (އައިބާ) އިން އިންތިޒާމުކޮށްގެން ބޭއްވި އައިބާ އޯޕަން ބެޑްމިންޓަން މުބާރާތުން ރިވައިވަލް އޭދަފުށި ބެޑްމިންޓަން އެކަޑަމީން ފުރިހަމަ ކާމިޔާބެއް ހޯދައިފި އެވެ.
މި މުބާރާތުގައި ރިވައިވަލް އޭދަފުށީ ބެޑްމިންޓަން އެކަޑަމީގެ ކުޅުންތެރިން ވަނީ ސިންގަލްސް އަދި ޑަބަލްސް އިވެންޓްތަކުން ޖުމްލަ 22 މެޑެލް ހޯދާފައެވެ.
ރަން މެޑަލް ހޯދި ކުޅުންތެރިން:
- 11 އަހަރުންދަށް (ފިރިހެން ޑަބަލްސް) ތިލާލް / އަލަފް
- 13 އަހަރުންދަށް (ފިރިހެން ސިންގަލްސް) ވިލާން
- 15 އަހަރުންދަށް (ފިރިހެން ޑަބަލްސް) ރިޝާމް / އައުފް
- 17 އަހަރުންދަށް (ފިރިހެން ޑަބަލްސް) އިލާން / ޒީކް
ރިހި މެޑަލް ހޯދި ކުޅުންތެރިން:
- 11 އަހަރުންދަށް (ފިރިހެން ސިންގަލްސް) އަލަފް
- 11 އަހަރުންދަށް (ފިރިހެން ޑަބަލްސް) ޔޫސުފް / އަޒާން
- 11 އަހަރުންދަށް (އަންހެން ޑަބަލްސް) ނޫރައިން / އިލްވާ
- 15 އަހަރުންދަށް (ފިރިހެން ސިންގަލްސް) ރިޝާމް
ބްރޯންޒް މެޑަލް ހޯދި ކުޅުންތެރިން:
- 9 އަހަރުންދަށް (ފިރިހެން ސިންގަލްސް) ނޫހު، ޚަލަފް
- 11 އަހަރުންދަށް (ފިރިހެން ސިންގަލްސް) އަޒާން
- 11 އަހަރުންދަށް (އަންހެން ސިންގަލްސް) ނޫރައިން
- 11 އަހަރުންދަށް (އަންހެން ޑަބަލްސް) ނިއަމް / އައިރީން
- 15 އަހަރުންދަށް (ފިރިހެން ސިންގަލްސް) އައުފް
- 15 އަހަރުންދަށް (އަންހެން ސިންގަލްސް) ލާރާ
- 15 އަހަރުންދަށް (އަންހެން ޑަބަލްސް) ލާރާ
މާލޭ ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި މިދިޔަ ހަފްތާ ބަންދު ބޭއްވި މި މުބާރާތަކީ އޭދަފުށީ ބެޑްމިންޓަން ކުޅުންތެރިންނަށް އަނެއްކާވެސް ބެޑްމިންޓަނުން ލިބުނު ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.

