ސްނޯކަލްގެ ވޯލްޑް ރެކޯޑު ހަރަކާތުގެ އިތުރު ޕާޓްނަރުންނާ އެކު ސޮއިކޮށްފި

ފްރީ ޑައިވްގެ އޮފިޝަލް ޑައިވް އިކުއިޕްމަންޓު ޕާޓްނާއަކަށް އަޔާލާ ބަބްލްސް ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ފޮޓޮއަކަށް ހުއްޓިގެން.

ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން ފްރީޑައިވް މޯލްޑިވްސްއާ ގުޅިގެން ސްނޯކްލިން ގިނިސް ވޯލްޑް ރެކޯޑެއް ހެދުމަށް ބާއްވާ “ބާނި”ގެ އިތުރު ޕާޓްނަރުންނާ އެކު ސޮއިކޮށްފި އެވެ.

އެގޮތުން އެ ހަރަކާތުގެ އޮފިޝަލް ޑައިވް އިކުއިޕްމަންޓު ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރީ އަޔާލާ ބަބްލްސްއާ އެކު އެވެ. އެ ޕާޓްނާޝިޕުގެ ދަށުން “ބާނީ”ގެ ބައިވެރިންނަށް ހާއްސަ އަގުތަކެއްގައި ސާމާނު ފޯރުކޮށްދޭނެ އެވެ.

މީގެ އިތުރުންއެ ހަރަކާތުގެ ބެވަރެޖް ޕާޓްނަރަކަށް ބޮނަކުއާއާ އެކު ވެސް ވަނީ ސޮއި ކޮށްފަ އެވެ.

ފްރީ ޑައިވްގެ ބެވަރެޖް ޕާޓްނާއަކަށް ބޮނަކުއާ ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ފޮޓޮއަކަށް ހުއްޓިގެން.

އަދި މީގެ ކުރިން ވަނީ ޓްރެވަލް މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ޓްރެވަލޫޝަން ހަމަޖެއްސައިފަ އެވެ.

އަންނަ އޮކްޓޯބަރު 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތަށް އަންނަ މަހު ރަޖިސްޓަރީވުމަށް ހުޅުވާލާނެ އެވެ.

ފްރީ ޑައިވް އިން ބުނި ގޮތުގައި މިއީ ބ. އަތޮޅުގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށާއި ފަރުތަކަށް ލިބޭ ތިމާވެށީގެ ގެއްލުންތަކަށް އަހުލުވެރި ކުރުވުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. މިއީ އަތޮޅު ކައުންސިލެއްގެ އިސްނެގުމުގެ މަތިން ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ އަދި ސްނޯކްލިންގެ ރެކޯޑެއް ހެދުމުގެ ފުރަތަމަ ހަރަކާތް ކަން ވެސް ފާހަގަކުރި އެވެ.

“ބާނި” އަކީ އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއް ވަގުތެއްގައި ސްނޯކަލް ކުރުމުގެ ވޯލްޑް ރެކޯޑު ހެދުމަށް ބާއްވާ ހަރަކާތެކެވެ. މި ހަރަކާތް އޮންނާނީ އަނގަފަރު އަންގަފަރު ފިނޮޅުގަ އެވެ.

ފްރީ ޑައިވް މޯލްޑިވްސްއިން ވަނީ “ނޭވާ”ގެ ނަމުގައި ފްރީ ޑައިވް ގިނިސް ވޯލްޑް ރެކޯޑުގެ ދެ އިވެންޓެއް ވެސް ކާމިޔާބުކަމާ އެކު ބާއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.