
ބ. އަތޮޅު ޕޮލިސް ރިކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ.
މި މުބާރާތުގައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކާއި ކުންފުނިތަކުން ބައިވެރިވާއިރު، ހޭންޑްބޯލް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުގައެވެ. އެކި އޮފީސްތަކުން ކޮމްބައިންކޮށް ޓީމުތައް އެކުލަވާލާފައިވާ މި މުބާރާތުގައި ފަސް ޓީމު ވާދަކުރާއިރު، މިރޭ ފެށުމަށް ހަމަޖެހިފައިވާ ފުޓްސަލް ޗެލެންޖުގައި ހަ ޓީމު ވާދަކުރާނެއެވެ.
މުބާރާތް ކުރިއަށްދާނީ ޖުލައި 16 އިން 22 އަށް ފުޓްސަލް ގްރައުންޑް 1 ގައެވެ.
މި މުބާރާތަކީ އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް، ކުޅިވަރުގެ ރޫހު އާލާކޮށް، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބާރުއެޅުމަށް ބާއްވާ މުބާރާތެކެވެ.



