ނައިފަރު ބެޑްމިންޓަން މުބާރާތުންވެސް އޭދަފުށި ކުޅުންތެރިންނަށް ބޮޑު ކާމިޔާބީއެއް

ޅ. ނައިފަރު ބެޑްމިންޓަން އެކަޑަމީން އިންތިޒާމުކޮށްގެން ބޭއްވި ނައިފަރު އޯޕަން ބެޑްމިންޓަން މުބާރާތުން ރިވައިވަލް އޭދަފުށި ބެޑްމިންޓަން އެކަޑަމީން ފުރިހަމަ ކާމިޔާބެއް ހޯދައިފި އެވެ.

މި މުބާރާތުގައި ރިވައިވަލް އޭދަފުށީ ބެޑްމިންޓަން އެކަޑަމީގެ 13 ކުޅުންތެރިން ވާދަކޮށް 13 މެޑަލް ވަނީ ހޯދައިފަ އެވެ. އެއީ ހަ ރަން މެޑަލް ދެ ރިހި މެޑަލް އަދި ފަސް ލޯ މެޑަލް ހޯދައިފަ އެވެ.

މި މުބާރާތުގައި އެކަޑަމީގެ ކުޅުންތެރިން ދައްކާލި ފާހަގަކޮށްލެވޭ ކުޅުމުގެ ތެރޭގައި ނުވަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން އިޒްޔާން ޝާފީ އަލީ ހޯދިއިރު، ދެވަނަ އަށް ދިޔައީ، ޔޫސުފް ޝައިމް ބިން އަބްދުއްސަލާމު އެވެ.

13 އަހަރުން ދަށުގެ އަންހެން ޑަބަލްސްގެ ވާދަވެރި މުބާރާތުގައި އާނާ އިބްރާހީމް ޝަހީދު އާއި އިލީނާ އަލީ ޝަފީގްގެ ޕެއަރ އިން ވަނީ ޗެމްޕިއަންކަން ހޯދައިފައެވެ. އަދި 15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަންކަން އީލާފް މުހައްމަދު އިކްރާމް ހޯދިއިރު، އެ އުމުރުފުރާގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ލާރާ މުހައްމަދު ލަތީފް ވަނީ ހޯދައިފައެވެ.

މީގެއިތުރުން، 15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަންކަންވެސް ލާރާގެ ޕެއަރ އިން ވަނީ ހޯދައިފައެވެ. އަދި 11 އަހަރުން ދަށުގެ ފިރިހެން ޑަބަލްސްގެ ލޯ މެޑަލް ރިވައިވަލްގެ އަހުމަދު އަޒާން އަޒްމަތު އަބްދުލް ރަޝީދު އާއި ނަސްރުﷲ ބިން އަޒްލީފްގެ ޕެއަރ އިން ވަނީ ހޯދައިފައެވެ.

މުބާރާތުގެ 11 އަހަރުން ދަށުގެ އަންހެން ސިންގަލްސް ލޯ މެޑަލް ހޯދުމުގައި އިލްވާ އަބްދުﷲ ޒައީމް ވަނީ ކާމިޔާބު ހޯދައިފައެވެ.

“މި ފަޚުރުވެރި ކާމިޔާބީއަކީ އަޅުގަނޑުމެންގެ ޒުވާން ކުޅުންތެރިންގެ ހިތްވަރާއި، ކެތްތެރިކަމާއި، ކުޅިވަރުގެ ރޫހުގެ ހެއްކެއް،” އެކަޑަމީގެ ފަރާތުން ބުނެފައިވެއެވެ.

އެކަޑަމީގެ ފަރާތުން މި ކާމިޔާބީގައި ކުޅުންތެރިންގެ މައިންބަފައިންގެ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، އެފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި ކުޅުންތެރިންނަށް މި ހިތްވަރު ދަމަހައްޓައި، މަސައްކަތްކުރަމުން ދިއުމަށް ހިތްވަރުދީފައިވެއެވެ.

ރިވައިވަލް އޭދަފުށި އެކަޑަމީން ދާދިފަހުުން ވަނީ މާލޭގައި ބޭއްވި އައިބާ އޯޕަން ބެޑްމިންޓަން މުބާރާތުން ވެސް ފުރިހަމަ ކާމިޔާބެއް ހޯދައިފި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.