
ވިލިމާލޭގައި ކުރިއަށްދާ 23 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް، ފީނިކްސް ކަޕްގެ ސެމީ ފައިނަލަށް އޭދަފުށީ އޯލް ވޮލްވްސް ޓީމު ދަތުރުކޮށްފިއެވެ.
މި ޖާގަ އެ ޓީމުން ކަށަވަރުކުރީ ރޭ ރިޕްޓައިޑްސް އެސްސީ އާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން މޮޅުވެގެންނެވެ.
މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އޯލް ވޮލްވްސްގެ ފަރާތުން ރޭގެ މެޗުގައި ވެސް ފާހަގަކޮށްލެވޭ ރީތި ކުޅުމެއް ދައްކާލިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކުރީ އޯލް ވޮލްވްސްގެ އިމްތިޝާލް އަބްދުއްރަހީމެވެ.

ވިލިމާލެ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތަކީ ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ. މުބާރާތުގައި 24 ޓީމު ވާދަކުރާއިރު، މިހާރު ވަނީ ސެމީ ފައިނަލަށް ޓީމުތައް ދަތުރުކޮށްފަ އެވެ.
