
ވިޔަފާރިއާއި އިގުތިސާދުގެ ދާއިރާއިން ވިޔަފާރި ފުޅާކޮށް ތަރައްގީކުރުމުގެ ރޮނގުން އުރީދުއަށް ހިތްވަރުދިނުމުގެ ގައުމީ އިނާމު މިއަދު ލިބިއްޖެއެވެ.
އުރީދޫ މޯލްޑިވްސް އަށް މިއަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވިޔަފާރި ކުރިއެރުވުމުގެ ދާއިރާއިން ލިބިފައިވާއިރު، މިއީ މި އަހަރު މި އެވޯޑް ހާސިލްކުރި ހަމައެކަނި ކުންފުންޏެވެ. ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. ކެލާގައި ބޭއްވެވި ރަސްމީ ޖަލްސާގައި މި އިނާމު ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. އަދި ކުންފުނީގެ ފަރާތުން އިނާމާ ހަވާލުވެލެއްވީ ބަލައިގަތީ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ އެވެ.
މި އަގު ވަޒަންކުރުމުގެ ސަބަބުން ރާއްޖޭގެ ކުރިއެރުމުގައި އުރީދޫ މަސައަކަތް ކުރަމުން މިދިޔަ 20 އަހަރުގެ ދިގު ހިއްސާ ފާހަގަކޮށްލެވެއެވެ. އުރީދޫއިން ވަނީ ޓެލެކޮމިއުނިކޭޝަން، ޑިޖިޓަލް ހިދުމަތްތަކާއި، މުޖުތަމައުތައް ބާރުވެރިކޮށް، ގައުމީ ތަރައްގީ ހަލުވިކޮށް، އިނޮވޭޓިވް ސޮލިއުޝަންތައް އުފައްދައިފަ އެވެ. 2005 ވަނަ އަހަރު ވަތަނިއްޔާގެ ނަމުގައި ފެށި މޮބައިލް އޮޕަރޭޓަރެއްގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ހިދުމަތް ދޭ ކުންފުންޏަކަށް ބަދަލުވެ، ކަނެކްޓިވިޓީ، ފިންޓެކް، އީ-ކޮމާސް އަދި 5ޖީ ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފަ އެވެ.
މިކާމިޔާބީއާ މެދު އުރީދޫގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދު އަލް ޙަމާދީ ވިދާޅުވީ މިފަދަ ތާރީޚީ މުނާސަބަތެއްގައި ޤައުމީ އިނާމު އުރީދޫ މޯލްޑިވްސްއަށް ލިބުމަކީ އުރީދޫ މޯލްޑިވްސްއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މިކަމުން ދައްކުވައިދެނީ މުވައްޒަފުންގެ އަޒުމާއި، ކަސްޓަމަރުންގެ އިތުބާރާއި، ދިވެހި ރައްޔިތުންނަށް މަންފާއާ ލާބައަށް އަޅުގަނޑުމެން ދެމުންދާ އަހައްމިއްޔަތުކަން. ހަގީގީ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް މަސައްކަތް ކުރާއިރު އިނޮވޭޝަނާއި އިންކްލޫސިވިޓީ ޕްރޮމޯޓް ކުރުމުގައި ދެމިތިބޭނަން.”
މިއަދު އުރީދޫ މޯލްޑިވްސްއަކީ ޑިޖިޓަލް އެމްޕަވަރމަންޓް އެންޑް އިނޮވޭޝަން ތަމްސީލުކުރާ، މުޅި ރާއްޖޭގެ އާބާދީގެ 80% އަށް 5ޖީ ފޯރުކޮށްދީ، އޭއައި ހިދުމަތްތަކާއި، ފައިނޭންޝަލް ޓެކްނޮލޮޖީ ސޮލިއުޝަންތަކާއި، އުރީދޫ ފަން ރަން، މަސްރޭސް، އަދި ގްރޯ ވިތް އުރީދޫ ފަދަ މުޖުތަމައުގެ ފާހަގަކޮށްލެވޭ ހަރަކާތްތައް ހިމެނޭ، ދިރިއުޅުން ކުރިއެރުވުމަށާއި ވަކި ވަކި ފަރުދުންނާއި މުޖުތަމައު ކުރިއެރުމަށް މަސައްކަތް ކުރާކުންފުންޏެކެވެ.