
ބ. އޭދަފުށީ ބަނދަރު ސަރަހައްދުގައި އަލަށް ތަރައްގީކޮށްފައިވާ ކުޑަކުދިންގެ “ދޮންދޫނި ޕާކު” މިއަދު ހަވީރު ހުޅުވަން ތައްޔާރުވެއްޖެ އެވެ.
އޭދަފުށީ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި މި ޕާކު ހުޅުވައިދެއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 5:00 ގައި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. މި ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި އާއްމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ދަ ރޮބޯ މޭން ރޮބްމޭންގެ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ކައުންސިލުގެ މެންބަރެއް ވިދާޅުވި ގޮތުގައި މި ޕާކަކީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމުގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ތަރައްގީކުރެވުނު ޕާކެކެވެ. އަދި މި ޕާކު ފުރިހަމަވެގެން ދިޔައީ ދާއިރާގެ މެންބަރުގެ އެއްބާރުލުމާއެކު ކަމަށް ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.
އާއިލާތަކަށް ހިތްހަމަޖެހިގެން މަޑުކޮށްލެވޭނެ ބެންޗުތަކާއި، ކުޑަކުދިންނަށް ކުޅެން ސްލައިޑްތައް މި ޕާކުގައި ވެސް ބަހައްޓައިފަ އެވެ.

އަހުމަދު ސަލީމު ވަނީ އޭދަފުށީގައި މިހާރު ހުރި ކުޑަކުދިންގެ ދެ ޕާކު އިތުރަށް ތަރައްގީ ކުރުމަށް ވެސް ބޮޑެތި އެހީތަކެއް ފޯރުކޮށްދެއްވާފައެވެ.