ރަށްރަށުގައި ގެދޮރުއަޅަން ތިން މިލިއަނާ ހަމައަށް ލޯނު ދޫކުރަނީ

ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ނިންމައިފި އެވެ. މިއީ ރަހުނަކާ ނުލައި ދޫކުރާ ލޯނެކެވެ.

ބީއެމްއެލްގެ ފަރާތުން މަޢުލޫމާތު ދެމުން ބުނެފައިވަނީ، ރަށްރަށުގައި އިމާރާތްކުރުމަށް ބޮޑު ހަރަދެއް ކުރަންޖެހޭތީ، ހުރިހާ ރަށަކަށް ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން ރަހުނަކާ ނުލައި ރަށްރަށުގެ ގެދޮރު އިމާރާތްކުރުމަށް ދޫކުރަމުން އައީ އެއް މިލިއަން ރުފިޔާގެ ލޯނުތަކެވެ. ނަމަވެސް ސިޓީތަކަށް ތިން މިލިއަން ރުފިޔާއާ ހަމައަށް ބީއެމްއެލްއިން އައީ ދެމުންނެވެ.

މި ލޯނު ދޫކުރެވޭނީ ފަސް ޕަސެންޓުގެ އިންޓްރެސްޓް ރޭޓެއްގައެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ދެވޭނެ ކަމަށް ބޭންކުން މަޢުލޫމާތު ދީފައިވެ އެވެ.

މީގެ އިތުރުން، މިދިޔަ އަހަރު ބީއެމްއެލްއިން ވަނީ ހޯމް އިކުއިޓީ ގެ ނަމުގައި އިތުރު ލޯނެއް ތަޢާރަފުކޮށްފައެވެ. މި ލޯނު ދޫކުރެވެނީ ކަސްޓަމަރުން ކުރިން ނަގާފައިވާ ލޯނަށް ދައްކާފައިވާ އަދަދާ ހަމައަށެވެ. ހޯމް އިކުއިޓީ ލޯނު ލިބޭނީ 50،000 ރުފިޔާއަށް ވުރެ މަތީ އަދަދަކުން ލޯނު ނަގާ ފަރާތްތަކަށެވެ.

ހޯމް އިކުއިޓީ ލޯނު އަނބުރާ ދެއްކުމަށް ވެސް 20 އަހަރުގެ މުއްދަތެއް ދެވޭނެ އެވެ. މިހާރު ހޯމް ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް މި ލޯނު ދޫކުރެވޭނީ 10 ޕަސެންޓުގެ އިންޓްރެސްޓް ރޭޓެއްގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.