
އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ދެފަހަރު ބާއްވަމުން އަންނަ މަޝްހޫރު ‘އުރީދޫ ފަން ރަން’ މި އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ހަރަކާތް ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ހުންނަ އުރީދޫ ބިލްޑިން ކޮންމެ ރެއަކުވެސް މިހާރު ދަނީ ދިއްލާލަމުންނެވެ.
މީގެ އިތުރުން، މި ހަރަކާތް އިތުރަށް ފޯރިގަދަކުރުމަށް އާންމުންނަށް އަމާޒުކޮށް ވީޑިއޯ ޝެއާކުރުމުގެ ހާއްސަ މުބާރާތެއް ވެސް ވަނީ އިއުލާންކޮށްފައެވެ.
އުރީދޫ ފަން ރަން އަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބައިވެރިވާ އެއް ދުވުމެވެ. މި ދުވުމުގައި ބައިވެރިވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. ފަން ރަންގެ ފޯރި އިތުރުކުރުމުގެ ގޮތުން، ހުޅުމާލޭގައި ހުންނަ އުރީދޫގެ މައި ބިލްޑިންގެ ފާރުތައް ވަނީ ކޮންމެ ރެއަކުވެސް ފަން ރަންގެ ކުލަތަކުން ދިއްލާލާފައެވެ.
އުރީދޫ މޯލްޑިވްސްއިން ވަނީ މި ލައިޓްތަކުގެ ވީޑިއޯ ނަގައި، ސޯޝަލް މީޑިއާގައި ޝެއާކުރުމަށް ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވާފައެވެ. މިގޮތުން، ވީޑިއޯ ޝެއާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ހާއްސަ އިނާމެއް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށްޓަކައި، ފުރަތަމަ އުރީދޫ ފަން ރަން އަށް ހާއްސަކޮށް ދިއްލާލާފައިވާ އުރީދޫ ބިލްޑިންގުގެ ވީޑިއޯއެއް ނަގަންޖެހެއެވެ. ދެން އެ ވީޑިއޯ އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓިކްޓޮކްގައި ޕޯސްޓްކޮށް، އުރީދޫ މޯލްޑިވްސް (ooredoomaldives@) ޓެގްކޮށް، އަދި OoredooFunRun# ހޭޝްޓެގް ބޭނުންކުރަން ޖެހެއެވެ. މިކަމަށް ބޭނުންވާ އިރުޝާދުތައް އުރީދޫގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ލިބެން ހުންނާނެއެވެ.
އުރީދޫއިން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ދާނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

