މާޅޮހުގައި އިމާރާތްކުރާ މިސްކިތުގެ ފައުންޑޭޝަންގެ މަސައްކަތް ކުރިއަށް

ބ. މާޅޮހުގައި ތަރައްޤީކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފައުންޑޭޝަން ކޮންކްރީޓްގެ މަސައްކަތާއި، ބީމް ޝަޓަރ ކުރުމުގެ މަސައްކަތްކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، (އެމް.ޓީ.ސީ.ސީ)އިން ބުނެފި އެވެ.

މާޅޮހުގެ މިސްކިތް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ އޮގަސްޓް މަހު އެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެެރެއިންނެވެ. މި މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މިސްކިތްތަކުގައި ސޯލާއާއި އޭސީ ހަރުކޮށް ވިނައިލް ފްލޯރިންގ އަޅާނެ ކަމަށެވެ. އަދި ޤުރުއާން ކިޔަވައިދޭ ކުލާހެއް މިސްކިތުގައި ހަދާނެ ކަމަށެވެ.

ރަށްރަށުގައި ޒަމާނީ މިސްކިތްތައް ބިނާކޮށް އެތަންތަނުގައި ކީރިތި ޤުރުއާން ކިޔަވައިދީ، ދީނީ މައުލޫމާތު ފެތުރުމުގެ މަގު ފަހިކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.

ހަތްސަތޭކަ މީހުންގެ އާބާދީއެއް އޮންނަ މާޅޮހުގައި ކުރިއަށްގެންދާ ތަރައްޤީގެ މި މަޝްރޫއަކީ އެރަށުގެ ކުރިއެރުމަށް މުހިއްމު މަޝްރޫއެއް ކަމަށް ސަރުކާރުން ދެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.