
ބީއެމްއެލްގެ ބްރާންޗެއް ނ. އަތޮޅު ވެރިރަށް މަނަދޫގައި ވެސް ހުރެ އެވެ. އަދި ދާދި ފަހުން ވެލިދޫގައި ވަނީ ސެލްފް ސަރވިސް ބޭންކިން ސެންޓަރެއް ހުޅުވައިފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ މިއީ ބޭންކުން ކުރިއަށް ގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ރަށްރަށުގައި އަލަށް ހުޅުވަން ނިންމާފައިވާ ބްރާންޗްތަކުގެ ތެރެއިން އެއް ބްރާންޗް ކަމަށެވެ.
ހޮޅުދޫ ބްރާންޗް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ހޮޅުދޫގެ ރައްޔިތުންނާއި ވިޔަފާރިތަކާއި މުޅި މުޖުތަމައަށް އެ ބްރާންޗް މެދުވެރިކޮށް އެހީތެރިކަން ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ބީއެމްއެލުން ބުނި ގޮތުގައި ހޮޅުދޫ ބްރާންޗުން ވެސް 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި އެކައުންޓް ހުޅުވުމާއި, ލޯނަށް އެދުމާއި, ކްރެޑިޓް އަދި ޑެބިޓް ކާޑަށް އެދުމުގެ ހިދުމަތް ވެސް ދެ އެވެ.
ބީއެމްއެލް އިން ބުނީ މިއީ މުޖުތަމައަށް ކުރާ އިންވެސްޓްމަންޓް ދެ ގުނައަށް އިތުރުކުރުމަށާއި 150 އާ ވަޒީފާ އުފައްދަން ދާދި ފަހުން ބޭންކުން ނިންމި ޕްރޮގްރާމްގެ ދަށުން ކުރި ހުޅުވި ބްރާންޗެއް ކަމަށެވެ.