ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް ގުޅިގެން ދިނުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ވާދަކުރާ ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި ޢަލީ ފާސިރު (ސެންޓޭ) ހިމެނިއްޖެއެވެ. ސެންޓޭގެ އިތުރުން ގަދަ ތިނެއްގައި ހިމެނުނީ މާޒިޔާގެ އަސަދުﷲ ޢަބްދުﷲ އާއި ކްލަބް އީގަލްސްގެ އިމްރާން ނަޝީދެވެ.
ސެންޓޭ ވަނީ ނިމިގެންދިޔަ ސީޒަނުގައި 34 ލަނޑު ކާމިޔާބުކޮށް ރަންބޫޓުވެސް ކަށަވަރު ކޮށްފައެވެ. މި ސީޒަނުގައި ޓީސީއަށް 33 ގޯލް ސެންޓޭ ޖަހައދީފައިވާއިރު ގައުމީ ޓީމަށް ވަނީ 1 ގޯލު ކާމިޔާބުކޮށްދީފައެވެ.
ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށްޓަކައި ވޯޓު ދީފައި ވަނީ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ކޯޗުންނާއި ފުރަތަމަ ޑިވިޝަނުގެ ކެޕްޓަނުން އަދި ކުޅިވަރުގެ ނޫސްވެރިންނެވެ. މިއީ މިފަދަ ގޮތަކަށް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވާ ފުރަތަމަ ފަހަރެވެ.