މިހާރު ޓީވީއެމުން ދައްކަމުން އަންނަ މޯލްޑިވިއަން އައިޑޮލްގެ ސީޒަން 2 ގައި ރޭ ދެއްކީ އޭދަފުއްޓާއި ކުޅުދުއްފުށީގައި ބޭއްވި އޮޑިޝަންތަކެވެ.
މި ދެ ރަށޫގައި ބޭއްވި އޮޑިޝަންގެ އެޕިސޯޑްތައް ރޭ ނިންމާލިއިރު ބ. އޭދަފުށީގައި ބޭއްވި އޮޑިޝަނުން ގޯލްޑަން ޓިކެޓާއެކު ތިއޭޓާ ރައުންޑުން ފަސް ބައިވެރިއަކަށް ވަނީ ފުރުސަތު ލިބިފައެވެ.
އެ ބައިވެރިންނަކީ ހަމްދާން، އައުޝަމް، ސައްމާހް، ޝައިބާން، ނަޝްފާން އެވެ. މީގެ އިތުރުން ކުޅުދުއްފުށީ އޮޑިޝަނުންވެސް ހަތަރު ބައިވެރިންނަށް ތިއޭޓާ ރައުންޑޫން ރޭ ވަނީ ފުރުސަތު ލިބިފަ އެވެ.
ރޭގެ އޭދަފުށީ އޮޑިޝަންގެ އެންމެ ފާހަގަކޮށްލެވުނު އެއް ބައިވެރިއަކީ އޭދަފުށިން، އޮޑިޝަންގައި ވާދަކޮށް ގޯލްޑެން ޓިކެޓް ހޯދި އުމުރުން 16 އަހަރުގެ އައުޝަމު ސައީދެވެ. އަލީ ރަމީޒުގެ މަޝްހޫރު ލަވަ، “އައިޝާ” ކިޔައިގެން އޭނާ ވެގެން ދިޔައި ޖަޖުންނަށް ވަރަށް ކަމުދިޔަ ބައިވެރިއަކަށެވެ.
ތިއޭޓަ ރައުންޑްގެ ޝޯ ދައްކަން ފަށަނީ އަންނަ ހަފްތާ އެވެ. އއ. މަތިވަރީގައި ބާއްވާ ތިއޭޓަ ރައުންޑް ވެގެން ދާނީ ވަރަށް ފޯރި ގަދަ ހުށަހެޅުންތަކެއް ފެނިގެން ދާނެ އެޕިސޯޑްތަކަކަށެވެ.
ތިއޭޓަ ރައުންޑުން ހޮވޭ ބައިވެރިންނަކީ ޝޯގެ ގާލާ ރައުންޑުން ފުރުސަތު ލިބިގެން ދާނެ ބައިވެރިންނެވެ.
v furihama