ފޭލިން ބ. އަތޮޅު ތައުލީމީ މަރުކަޒަށް ކުޅިވަރު ސާމާނު ހަދިޔާކޮށްފި

ބ. އަތޮޅު ތައުލީމީ މަރުކަޒަށް ފޭލިން ކުޅިވަރު ސާމާނު ހަދިޔާ ކުރަނީ. ފޮޓޯ: ފޭލި
ބ. އަތޮޅު ތައުލީމީ މަރުކަޒަށް ފޭލިން ކުޅިވަރު ސާމާނު ހަދިޔާ ކުރަނީ. ފޮޓޯ: ފޭލި

ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި) އިން ބ. އަތޮޅު ތައުލީމީ މަރުކަޒަށް ކުޅިވަރުކުޅޭ ސާމާނު ހަދިޔާކޮށްފި އެވެ.

ފޭލިން ބުނިގޮތުގައި މިއަދު 39 އަހަރު ފާހަގަ ކުރަމުން އަންނަ ބ. އަތޮޅު ތައުލީމީ މަރުކަޒަށް މި ތަކެތި ހަވާލުކުރީ އެ ސްކޫލުގެ ގްރޭޑް 6 އަދި 7 ގެ ކުދިންގެ އިންޓަ ކްލާސް ފުޓްބޯޅަ މުބާރާތުގެ ތެރެއިން ހަވީރު ބޭއްވި ކުޑަ ރަސްމިއްޔާތެއްގަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒަށް ފޭލިން ކުޅިވަރު ސާމާނު ހަދިޔާ ކުރަނީ. ފޮޓޯ: ފޭލި
ބ. އަތޮޅު ތައުލީމީ މަރުކަޒަށް ފޭލިން ކުޅިވަރު ސާމާނު ހަދިޔާ ކުރަނީ. ފޮޓޯ: ފޭލި

އެތަކެތި އެ ސްކޫލާ ހަވާލުކޮށްދެއްވީ ފޭލި ޖަމިއްޔާގެ ނައިބް ރައީސް އަބްދުއްސައްތާރު އަބްދުލްހަކީމު އެވެ. ތައުލީމީ މަރުކަޒުގެ ފަރާތުން މިތަކެއްޗާ ހަވާލުވީ އެ ސްކޫލުގެ ސްޕޯޓްސް ސްޕަވައިޒަރު އިބްރާހިމް ޝަހީދު އާއި ބައެއް ދަރިވަރުންނެވެ.

ފޭލިން މިއަދު ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ފުޓްބޯޅަ އާއި ވޮލީ ބޯޅަ އަދި ވޮލީ ނެޓްފަދަ ތަކެތި ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.