ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން “ފިސާރި ކަނބަލުންނަށް” ބާއްވާ ހާއްސަ ކުޅިވަރު ހަވީރު މިއަދު ހަވީރު އޭދަފުށީގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ޖަމިއްޔަތުލް ވަފާއިން އިންތިޒާމުކޮށްގެން ބާއްވާ މި ހަވީރު އޮންނާނީ މިއަދު ހަވީރު 4:30 އިން 6:00 އަށް އެ ޖަމިއްޔާ ގެއާ ދިމާ އަތިރިމަތީގަ އެވެ.
ވަފާ ޖަމިއްޔާގެ ރައީސް އަހްމަދު އަންވަރު ވިދާޅުވީ ކުޅިވަރު ހަވީރުގައި އަންހެނުންގެ ފުޓްޓޯޅަ، ގޯނިރޭސް، އަދި ވާދެމުން ފަދަ ތަފާތު ކުޅިވަރުތައް އޮންނާނެ ކަމަށެވެ.
“ކަނބަލުންނަށް ހާއްސަކޮށްގެން ބާއްވާ މި ހަވީރުގައި ހުރިހާ އެންމެންގެ ބައިވެރިވުން މުހިންމު،” އަންވަރު ވިދާޅުވި އެވެ.
ގިނަ ރަށްރަށުގައި ވަރަށް ކުލަ ގަދަކޮށް މިއަހަރުގެ އަންހެނުންގެ ދުވަސް ވަނީ ފާހަގަކޮށްފަ އެވެ.