ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް މިއަދު ނަގާ އިތުބާރު ނެތް ކަމުގެ ވޯޓްގައި މަސީހާ ދެކޮޅަށް ވޯޓް ނުދެއްވަން ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމަށް މިރަށު ކައުންސިލުން އިލްތިމާސްކޮށްފި އެވެ.
“އިއްޔެ އަށް ވުރެ މިއަދު މާ މަދު ހެނދުނު ދަންފަޅީގައި ސްކޫލަށް ދިޔަ ކުދިން. އެންމެ ކުއްޖަކު ވެސް ނާންނަ ކްލާސްތައްވެސް އެބަހުރި. ދަށް ގްރޭޑުތަކުގައި ކިޔަވައިދެވޭ އަދަދަށް ކުދިން ހަމައެއް ނުވޭ ހަމަ އެއްވެސް ކްލާހެއްގައި،” ތައުލީމީ މަރުކަޒުގެ ޓީޗަރަކު ބުންޏެވެ.
އޭދަފުށީ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ “މިއީ އިދިކޮޅު ފަރާތްތަކުން ހިންގާ ނާ ތަހުޒީބީ އަދި ވަރަށް ދަށު ދަރަޖައިގެ އަމަލެއް” ކަމަށެވެ.
“އަދި މިއީ ދުނިޔޭގެ ޑިމޮކްރެސީ ތަކުގައި އަމަލު ކުރަމުންދާ އުސޫލުތަކާއި ހަމަތަކާ ހިލާފު އަމަލެއްވެސް މެ އެވެ،”
އެ ނޫސް ބަޔާނުގައިވާ ގޮތުގައި އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ރައީސް އާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކަކީ އެއްވެސް އަސާސެއް އޭގައި އެކުލެވިގެންވާ މައްސަލަތަކެއް ނޫނެވެ.
“މިއީ ހަމައެކަނި ވެރިކަމުގެ ދަހިވެތި ކަމުގައި ގައުމަށް ގައްދާރުވެފައި ތިބި ބަޔަކު މި ސަރުކާރުން ރައްޔިތުންނަށް ގެނަސްދެމުންދާ ތަރައްގީ ހުއްޓުވައި، ރައްޔިތުން ބިކަކޮށް ގައުމުގެ އަމަން އަމާން ކަމާއި ސުލްހަ މަސަލަސްކަމާއި އިސްލާމު ދީނުގެ ވަހުދަތު ނަގާލައި ގައުމު ފަސާދަ ކުރުމަށް ސިލްސިލާކޮށް ރާވައިގެން ހިންގަމުންގެންދާ 21 ވަނަ ގަރުނު ނުދެކޭފަދަ ހަޑި ހުތުރު ދަށު ދަރަޖައިގެ އަމަލެކެވެ،”
ކައުންސިލުގެ ނޫސް ބަޔާނުގައި ބުނީ އޭދަފުށީ ރައްޔިތުން ބޭނުންވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އޭދަފުށީގައި ހިނގަމުންގެންދާ މަޝްރޫއުތަކަށްވެސް ހުއްޓުމެއްް ނައިސް ރައްޔިތުންގެ ވިންދާ އެދުމާ އެެއްގޮތަށް ދާއިރާގެ މެންބަރު ސާބިތުވެ ހުރުން ކަމަށެވެ.