އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ބ. އަތޮޅު ޗެމްޕިއަންކަން އޭދަފުށި ހޯދައިފި އެވެ.
އޭދަފުށި ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ދަރަވަންދޫ އާއި އޭދަފުށި ބައްދަލުކުރި ދެވަނަ ލެގް ގެ މެޗް އޭދަފުށިން ފަސޭހަކަމާއެކު ކާމިޔާބުކުރީ 1-5 އިންނެވެ. މި ދެ ޓީމް މިމަހުގެ 6 ވަނަ ދުވަހު ކުޅުނު ފުރަތަމަ މެޗް އޭދަފުށިން ކާމިޔާބުކުރީ 0-1 އިންނެވެ.
މި މެޗުގައި ފުރަަތަމަ ލަނޑުޖެހީ މެޗުގެ 10 ވަނަ މިނެޓްގައި އޭދަފުށީ ޓީމުގެ ހުސައިން ޝިފާހްއެވެ. އޭގެ 12 މިނިޓްފަހުން އަނެއްކާވެސް އޭދަފުށި ޓީމުގެ އަލީ ޒުބައިރު ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފަ އެވެ. ނަމަވެސް އޭދަފުށީ ދެ ލަނޑުގެ ލީޑެއްގައި އޮއްވައި ދަރަވަންދޫ ޓީމުންވަނީ އެޓީމުގެ ކުޅުން އިތުރަށް ރަގަޅުކޮށް 32 ވަނަ މިނިޓްގައި ގޯލެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ދަރަވަންދޫއަށް ކާމިޔާބުކޮށްދިނީ އާދިލް ރަޝީދުއެވެ. ދެ ޓީމުގެ ފަރާތުންވެސް ރަގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ހާފް ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް އިޝާން އިބްރާހިމް (ސައްޓު) ވަނީ އޭދަފުށީ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ.
އޭދަފުށި ޓީމުން ޖެހި ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނިކުތް އަހުމަދު އަޝްރަފް ޔޫސުފް އަދި ހަސަން ސުޖާއުއެވެ. މި މެޗުގައި އޭދަފުށި ޓީމުގެ ކެޕްޓަން އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓޭ) އާއި ދަރަވަންދޫ ޓީމުގެ ސާމިހް އަލީ ޝަރީފް އަށް ވަނީ ރީނދޫ ކާޑް ދައްކާފައެވެ.
މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އޭދަފުށި ފުޓްބޯޅަ ޓީމުގެ ޖާޒީ ނަންބަރު 30 އަލީ ޒުބައިރެވެ.
މެޗަށްފަހު ޗެންޕިއަން ޓީމާއި ރަނަރަފް ޓީމަށް މެޑަލް އާއި ޝީލްޑް ހަވާލުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސް ގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރު އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފެވެ.
މިނިވަން ޗެންޕިއަންޝިޕްގައި އޭދަފުށިން ދެން ވާދަ ކުރަނީ ޒޯން 3 ގެ އަތޮޅުތަކުގެ ޗެންޕިއަނުންނާއެވެ.