ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މި އަހަރުގެ ފުރަތަމަ ޓާމް ޓެސްޓް މިއަދު ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ތައުލީމީ ކަލަންޑަރުގައިވާ ގޮތަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ޓެސްޓް ފަށައިފައި ވަނީ ގްރޭޑް 8، 9 10 އަދި 12 އަށެވެ. ގްރޭޑް 11 ގެ ދަރިވަރުންގެ ޓެސްޓް އަންނަ ބުރާސްފަތި ދުވަހު ފަށާއިރު ގްރޭޑް 7 ގެ ދަރިވަރުންނަށް ޓެސްޓް ފަށާނީ މާދަމާ އެވެ.
ބައެއް ގްރޭޑް ތަކުގެ ޓެސްޓް ތަފާތު ދެ ތާރީހެއްގައި ތާވަލުކުރި ނަމަވެސް ހުރިހާ ގްރޭޑެއްގެ ޓެސްޓް ނިމޭނީ މި މަހުގެ 25 ގަ އެވެ. އަދި ދަރިވަރުންގެ ޖަވާބު ކަރުދާސްތައް ދެއްކުމަށް ތާވަލުކޮށްފައިވަނީ މެއި 31 ގަ އެވެ.
ފުރަތަމަ ޓާމަށް ފަހު، ޖޫން 8-15 އަށް (ރޯދަމަހުގެ ތިންވަނަ ހަފްތާ) ސްކޫލުތައް ބަންދުވާނެ އެވެ. އަދި ހަފުތާއެއްގެ ބަންދަކަށް ފަހު ދެ ވަނަ ޓާމްގެ ކިޔެވުން ފަށާނީ ޖޫން މަހުގެ 18 ގަ އެވެ.
ފުރަތަމަ ޓާމު ޓެސްޓް މިއަދު ފެށިއިރު މިއަހަރުގެ އޭ ލެވެލް އިމްތިހާނުވެސް މިހާރު ކުރިއަށްދެ އެވެ.