
މާލޭގައި ރެސްޓޯރެންޓް ހިންގުމާއި ކޭޓަރިންގެ ވިޔަފާރީގައި މަޝްހޫރު ސަލްސާ އިންވެސްޓްމަންޓުގެ ރެސްޓޯރަންޓް އޭދަފުށީގައި ހުޅުވައިފި އެވެ.

ކުރިން ކޮރަލް ޕާކް ރެސްޓޯރަންޓް ހިންގި ތަން އަލުން ބިޑަށް ހުޅުވާލުމުން، ސަލްސާއިން ބިޑް ކާމިޔާބު ކުރުމަށްފަހު، މަރާމާތުކޮށް “ސަލްސާ ރިޓްރީޓް” ގެ ނަމުގައި ހުޅުވާފައި ވަނީ މިއަދު ހަވީރު އެވެ.

އޭދަފުށީ ބަނދަރުމަތީގައި ހަދާފައިވާ މި ރެސްޓޯރަންޓް ހުޅުވި އިރު، އެތަނުގެ ޖާގަ ބޮޑުކޮށްފައިވެ އެވެ. ސަލްސާގެ ރެސްޓޯރަންޓްތަކުގެ ކޮންސެޕްޓަށް ހަދާފައިވާ މި ރެސްޓޯރަންޓް ބޮޑަށް ތަރައްގީކޮށްފައިވަނީ 28 ގޮނޑީގެ ވީއައިޕީ ރޫމަކާއެކު އެންމެ މަތީ ފަންތީގެ މީހުންނަށްވެސް ޚިދުމަތްދެވޭ ފެންވަރަށެވެ. އެގޮތުން އެ ރެސްޓޯރަންޓްގައި އެއްފަހަރާ 100 މީހުންނަށް ހިދުމަތް ދެވޭނެ ކަމަށް ސަލްސާއިން ބުނެ އެވެ.

މި ރެސްޓޯރަންޓުން ވެސް، މާލޭގައި ހުންނަ ސަލްސާގެ ރެސްޓޯރެންޓްތަކުން ލިބޭ ހިދުމަތްތައް ލިބޭނެ އެވެ. އެގޮތުން ބޮޑެތި ހަފްލާތަކަށް ކޭޓަ ކޮށްދިނުމާއި އެފަދަ އިވެންޓްތައް އިންތިޒާމުކޮށްދިނުން ހިމެނެ އެވެ. އަދި މި ތަނުން ވެސް ޑެލިވަރީގެ ހިދުމަތް ދެ އެވެ.
މި ރެސްޓޯރަންޓުން އުމުރުން ދުވަސްވީ މީހުންނަށް ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު ސައި ހިލޭ ލިބެއެވެ. 
.ސަލްސާ އިންވެސްޓްމަންޓުން ކުރިން ބުނިގޮތުގައި ސަލްސާގެ ރެސްޓޯރަންޓެއް އޭދަފުށީގައި ހުޅުވަން ގަސްތުކުރީ މިރަށަކީ އަތޮޅު ތެރެއިން ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ގިނަ ބަޔަކު ޒިޔާރަތްކުރާ ރަށަކަށްވެފައި މިކަން ކުރަމުން ކުޅިވަރަށް އިތުރު ކުރިއެރުމެއް ގެނެވޭނެ ކަމުގެ އުއްމީދުގަ އެވެ

ޓެސްޓް
މީ ވަރަށްބޮޑު ކުރިއެރުމެއް