އެޑިޔުކޭޝަން ޔުނިޓްތައް އުވާލައިފި

ރާއްޖޭގެ އަށް ސަރަހައްދެއްގައި ގާއިމުކުރެވިފައިވާ އެޑިޔުކޭޝަން ޔުނިޓްތައް އުވާލައިފި އެވެ.

އެޑިޔުކޭޝަން ޔުނިޓްތައް އުވާލިކަން ރަސްމީކޮށް އަންގާފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީން 27 ޑިސެމްބަރުގައި ނެރެފައިވާ ސަރކިއުލަރއަކުން އަކުންނެވެ. .

ޔުނިޓްތައް މިގޮތަށް އުވާލުމުން އެ ޔުނިޓްތަކުން ސަރަހައްދީ ފެންވަރުގައި ކުރަމުންދިޔަ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ ކުރީއެކޭއެއްގޮތަށް އެޑިޔުކޭޝަން މިނިސްޓްރީއިންނެވެ. މިގޮތުން މަސައްކަތްތައް ކުރާނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ހަތަރު ސަރަހައްދަކަށް ބަހާލައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް އެޑްމިނިސްޓްރޭޝަން ސެކްޝަން ސެކްޝަނުންނެވެ. މި ސެކްޝަންގައި ހަތަރު އެޑިޔުކޭޝަން ޔުނިޓް ޤާއިމްކުރުމާއެކު ޔުނިޓްތަކަށް އެހީތެރިވުމުގެ ގޮތުން ކޮންމެ އަތޮޅެއްގައި ‘އެޓޯލް ޑެސްކެއް’ ވެސް ޤާއިމްކުރެވޭނެ ކަމުގައި މިނިސްޓްރީގެ ސަރކިއުލާގައިވެ އެވެ.

މިގޮތުން ޤާއިމްކުރާ އެޑިޔުކޭޝަން ޔުނިޓްތަކުގެ ތެރޭގައި ހިމެނެނީ ނޯދަން އެޑިޔުކޭޝަން ޔުނިޓާއި، ސެންޓްރަލް އެޑިޔުކޭޝަން ޔުނިޓާއި ސަދަން އެޑިޔުކޭޝަން ޔުނިޓްގެ އިތުރުން މާލެސިޓީ އެޑިޔުކޭޝަން ޔުނިޓެވެ. މި ޔުނިޓްތަކުން ޤައުމީ މަންހަޖާ އެއްގޮތަށް ދަރިވަރުންނަށް އުގަންނައިދިނުމަށާއި ދަރިވަރުން ތަރުބިއްޔަތުކުރުމަށް ސްކޫލްތަކުންކުރާ މަސައްކަތްތައް ވިލަރެސްކުރުމަށް އެހީތެރިވެދޭނެއެވެ. އަދި އެޑިޔުކޭޝަން ޔުނިޓްތަކާއި އަތޮޅުތަކުގެ ސްކޫލްތައް ގުޅިގެންކުރުމަށް ހަވާލުކުރެވޭ މަސައްކަތްތައް ޔުނިޓްތަކުން އަންގާގޮތެއްގެ މަތިން ކުރުމަކީ އެޓޯލް ޑެސްކުތަކުގެ ޒިންމާއެއްކަމުގައި މިސާކިއުލަރގައިވެއެވެ.

އެޑިޔުކޭޝަން ޔުނިޓްތައް އެކުލަވާލިފަހުން ސްކޫލްތަކުގެ މަސައްކަތްތައް ސީދާ މިނިސްޓްރީ އޮފް އެޑިޔުކޭޝަން މެދުވެރިކޮށް ކުރުމުގެ ބަދަލުގައި ބައެއް ކަންތައްތައް ކުރަމުންދިޔައީ ޔުނިޓްތައް މެދުވެރިކޮށެވެ.

ބ. އޭދަފުށީ ޓީއާރުސީގއަި ވެސް އެޑިޔުކޭޝަން ޔުނިޓެއް  ގާއިމްކުރެވިފައިވެ އެވެ. މި ޔުނިޓްގައި ސްޕްރިޑެންޓެއްގެ މަގާާމުގައި ހުންނެވީ އޭދަފުށީ އެލީޒާ އަލީ ރަޝީދު އެވެ. ދެން އެތަނުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީވެސް ކޮންޓެރެކްޓް އުޅުމުން ގެންގުޅޭ މުވައްޒަފުންނެވެ.

.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.