މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުން އެންމެ މޮޅެތި ވަނަތައް ހާސިލްކުރި ދަރިވަރުން އަންނަ ހޯމަ ދުވަހުގެ ރޭ އިއުލާނު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި އަށްހާހަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި އިރު އިރު ހޯދި ނަތީޖާ އަކީ ފަހުގެ ތާރީހެއްގައި ލިބުނު އެންމެ ރަނގަޅު ނަތީޖާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު އޯލެވެލްގައި ބައިވެރިވި ކުދިންގެ ތެރެއިން، ވޭތުވެދިޔަ ތިން އަހަރުގެ އޯ-ލެވެލް އިމްތިހާނުތަކުގެ ނަތީޖާތަކާ އަޅާބަލާއިރު މިދިޔަ އަހަރުގެ އިމްތިހާނުން އެ މަރުކަޒުގެ ކުދިން ހޯދި ނަތީޖާ ވަރަށް ބޮޑުތަން ކުރިއަރައިގެން ގޮސްފައިވާ ކަމަށް އެ ސްކޫލުންވަނީ ބުނެފައެވެ. އަދި ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނޭ ފެންވަރަށް އެ މަރުކަޒުގެ އެގާރަ ކުއްޖަކު ފާސްވެފައިވާ ކަމަށްވެސް އެ ސްކޫލުންވަނީ ބުނެފައެވެ.
މިދިޔަ އަހަރު ތައުލީމީ މަރުކަޒުން އޯލެވެލްގައި ބައިވެރިވެފައިވަނީ މުޅި ޖުމްލަ 73 ދަރިވަރުންނެވެ. މީގެތެރެއިން 57 ދަރިވަރަކުވަނީ ތިންމާއްދާ ނުވަތަ އެއަށްވުރެ ގިނަ މާއްދާތަކުން ފާސްވެފައެވެ.