ޑޮކްޓަރުންނަށް ހިލޭ ދެއްކޭގޮތަށް މި ހަފްތާ ބަންދުގައި އޭދަފުއްޓާއި ކެންދޫގައި މެޑިކަލް ކޭމްޕެއް ބައްވާގޮތަށް ހަމަޖައްސައިފި އެވެ.
އެ ކޭމްޕަކީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން އާއި ނަޔަމް ޓްރޭޑިން ކޮމްޕެނީ ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ.
އެ ކޭމްޕްގައި އަންހެނުންގެ ޚާއްސަ ޑޮކްޓަރަކާއި، ކަށީގެ ޚާއްސަ ޑޮކްޓަރަކާއި، އެތެރެ ހަށީގެ ޚާއްސަ ޑޮކްޓަރެއްގެ އިތުރުން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ބައިވެރިވެ އެވެ. އަދި މީގެ އިތުރުން ކޭމްޕްގައި އޮޕަރޭޝަންގެ ޚާއްސަ ޑޮކްޓަރަކުވެސް ބައިވާނެ އެވެ.
އެ ކޭމްޕުގައި މި ދެ ރަށަށް ޑޮކްޓަރުން ގޮސް ބަލި މީހުން ބެލުމަށް ހަމަޖައްސާފައި ވަނީ ކޮންމެ ރަށެއްގެ ވެސް ސިއްހީ މަރުކަޒުގަ އެވެ.
މި ކޭމްޕް ކެންދޫގައި ކުރިއަށްދާނީ މާދަމާ ހެނދުނު 8:30 އިން 11:30 އަށް އަދި މެންދުރުފަހު 2:00 ން 5:00 އަށެވެ. ހޮނިހިރު ދުވަހު ކޭމްޕް ކުރިއަށްދާނީ އޭދަފުށީގަ އެވެ.
މި ކޭމްޕަގައި ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން މިއަދު މެންދުރު 2:00 ގެ ކުރިން ބ. އަތޮޅު ހޮސްޕިޓަލުގެ ނަންބަރު 6608309 އާ ގުޅުއްވާ ނަންނޯޓް ކުރުމަށް ކޭމްޕް ބާއްވާ ފަރާތުން އެދެއެވެ.

