
އޭދަފުށީ ކްލަބް ދަ ބިގިނާސް އިން ރޯދަ މަހާ ދިމާކޮށް ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތް ޖުލައި 11-25 އަށް ބާއްވަން ނިންމައިފި އެވެ.
ދަ ބިގިނާސްގެ މީޑިޔާ ކޯޑިނޭޓަރު ތޯޙާ އަބްދުއްސަމަދު ބުނީ، މީގެ ތިން އަހަރުން ކުރިން ކޮންމެ ރޯދަ މަހަކާ ދިމާކޮށް ބާއްވާ މި މުބާރާތަކީ އޭދަފުށީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް އެކުވެރި މާހުއުލެއްގައި ކުޅިވަރު ކުޅުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެސް އެ ޖަމިއްޔާއިން ބުންޏެވެ.
އެ ޖަމިއްޔާއިން ބުނިގޮތުގައި، މުބާރާތުގެ ޗެމްޕިއަން ޓީމަށް މިއަހަރު 4000ރ. ހުށަހަޅާފައިވާއިރު ރަނާ އަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 2000ރ. އެވެ.
މުބާރާތަށް ސްޕޮންސަރުން ހޯދުމާއި އެހެނިހެން މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށްވެސް ދަ ބިގިނާސް އިން ބުންޏެވެ. މުބާރާތް ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކުން 7992334 އަށް ގުޅުމަށް އެ ޖަމިއްޔާއިން އެދެއެވެ.
ދަ ބްލޫސް އަތުން 9-1 އިން އިން މޮޅުވެ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ އޭގެ ކުރީ އަހަރުގެ ވެސް ޗެމްޕިއަން ފެއިމްސް ޔުނައިޓެޑް އެވެ.
masha heevanee mubaarai gaivaa varah kah thi laari kolhu dhaanee madhuvamun hen . . .Mifaharu heekuran Inthizaam thankolhey ragalhuvaaney kamah . .. .
ސައްޓުތަ ހުރިހާ ތައްޓެއް މި ހޯދަނީ… ކޮންމެ ފޮޓޮއެއްގަވެސް ސައްޓު ތަށިހިފާގެން ހުންނަތަން… އޭދަފުށި ފުޓުބޯޅަ ސައްޓު އާއި އެކު..