ފޯރިގަދަ ބަށި މުބާރާތް ޓްވިޓާ ވަން ކާމިޔާބުކޮށްފި

Bashi 2013

ބ. އަތޮޅު ހޮސްޕިޓަލުން ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ދިމާކޮށް ބޭއްވި ފޯރިގަދަ ބަށި މުބާރާތުގެ ޗެމްޕިއަން ގަލްފް ޓީމު ބަލިކޮށް ޓްވިޓާ ވަން ކާމިޔާބުކޮށްފި އެވެ.

ތުނި ވާރެޔާއެކު މިއަދު ހަވީރު ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ގަލްފް ޓީމް ބަލިކޮށް ޓްވިޓާ ވަން މުބާރާތް ކާމިޔާބުކުރީ 22 ލަނޑު 8 ފޯލިންނެވެ. ގަލްފް ޓީމަށް ކާމިޔާބު ކުރެވުނީ 18 ލަނޑު 6 ފޯއްޔެވެ.

މެޗް ނިމެން 42 ސިކުންތަށް  ވެފައި ވަނިކޮށް މެޗުގެ އެނައުންސަރު ކުއްލިގޮތަށް ވެއްޓުމުން، ދެ ޓީމުންވެސް ބޭނުންވީ މެޗު އިތުރަށް ކުރިއަށް ނުގެންގޮސް މުބާރާތް ނިންމާލާށެވެ. އޭރު ކުޅެމުންދިޔަ ޓްވިޓާ ޓީމު އޮތީ މޮޅުވެފަ އެވެ.

މުޅި ރަށަށް ހުޅުވާލައިގެން ބޭއްވި މުބާރާތުގެ ޗެމްޕިއަން ޓީމަށް 1500ރ. ރުފިޔާ އަދި ދެވަނަ ޓީމަށް ހުށަހަޅާފައިވަނީ 1000ރ. އެވެ. މުބާރާތުގެ ވަނަތަކަށް ދިޔަ ކުޅުންތެރިންނަށާއި ޓީމުތަކަށް ޓްރޮފީއާއި ހަނދާނީލިޔުން ދިނުމުގެ ރަސްމިއްޔާތު ފަހުން ބާއްވާނެކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އަތޮޅު ހޮސްޕިޓަލުން ބުނީ މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އަންހެނުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުން ކަމަށެވެ. އަދި ކުޅިވަރުގެ ތެރެއިން އެކުވެރިކަން އާލާކުރުމަކީ ވެސް މުބާރާތުގެ މަގުސަދެއް ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.