ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ކުރިޔަށްގެންދާ އެންމެ ވާދަވެރި ވޮލީބޯޅަ މުބާރާތް ކަމަށްވާ ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން 5 ގެ ފުރަތަމަ މެޗުން އަނަންތަރާ ކިހަވައް ވިލާސް މޮޅުވެއްޖެ އެވެ.
ސޮނެވާފުށީ ރިސޯޓްގައި ކުޅުނު މި މެޗުން އެ ރިސޯޓް މޮޅުވީ އަމިއްލަފުށި އާ ވާދަކޮށް 3-2 ސެޓުންނެވެ. އަނަންތަރާއިން ސެޓްތައް ގެންދިޔައީ 26-24، 21،25، 31،29، 18،25 އަދި 12،15 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަނަންތަރާގެ އިސްމާއިލް ސާޖިދު އެވެ.
އިންޓަރ ރިސޯޓް މުބާރާތުގައި މިފަހަރު ޒޯން ފަހަކުން ފަސް ޓީމު ވާދަކުރާނެއެވެ. އެއީ އަނަންތަރާ ކިހާވަށް ވިލާސް އާއި އަމިއްލަފުށި ރިސޯޓް އެންޑް ސްޕާގެ އިތުރުން، ސޮނޭވާފުށި ރިސޯޓް، މިލައިދޫ އައިލޭންޑް ރިސޯޓް އަދި ދުސިތް ތާނީ މޯލްޑިވްސްއެވެ.
މިދިޔަ ދެ އަހަރުވެސް ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީ ޒޯން 5 ގެ ޗެމްޕިއަންކަން ހޯދާފައިވަނީ އަނަންތަރާ ކިހަވައް ވިލާސް އިންނެވެ․