ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންޖޭކް (ފޭލި) ޖަމިއްޔާގެ އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކުު ހޯދަން އިއުލާން ކޮށްފި އެވެ.
ފޭލި ޖަމިއްޔާއިން މިއަދު ނެރެފައިވާ އިއުލާނެއްގައިވާ ގޮތުން އެ ޖަމިއްޔާގެ އޮފީސް އިމާރާތް އަޅާނީ އެ ޖަމިއްޔާއަށް ދޫކޮށްފައިވާ ބިމުގައިއޮތް 2500 އަކަފޫޓްގެ ހުސް ބިމުގަ އެވެ.
ފޭލިން ބުނިގޮތުގަިއ އެ އިމާރާތް އަޅާނީ އެ ޖަމިއްޔާއިންދޭ ކުރެހުމަކާ އެއްގޮތަށް ދެ ފަރާތް އެއްބަސްވާ މުއްދަތަކަށް، އިމާރާތްކޮށްދޭ ފަރާތަށް އިމާރާތުގެ ބައެއް ލިބޭ ގޮތަށެވެ.
ފޭލި ހައުސްގައި އެ ޖަމިއްޔާގެ އޮފީސް އިމާރާތް ގާއިމުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 19 ވަނަ ދުވަހާ ހަމަ އަށް ވަނީ ހުޅުވާލައިފަ އެވެ.
މައުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން އަދި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެ ކަމަށް ވެސް އިއުލާނުގައި ބުންޏެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް 7777136، 7704030، 963111 އަށް ގުޅުމަށް އެ ޖަމިއްޔާއިން އެދެއެވެ.
ސާބަސް ފޭލި ޖަމިއްޔާ.. އޭދަފުށީގެ އެހެން ޖަމިއްޔާތަކަށް ނަމޫނާ ދައްކަވާތީ ޝުކުރިއްޔާ !!!
މިހާރު ތިއޮތީ ފިސާރި ކެރޭ ޒުވާން ޓީމެއް….ޒުވާނުންނާއިއެކު ކުރިއަށް ވަޑައިގަންނަވާ…..