އޭދަފުށީގެ ކޮންމެ މީހަކަށް ރުކެއް އިންދުމުގެ ހާއްސަ ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެ އެވެ.
“މަށަށް ވެސް ރުކެއް – ބ. އޭދަފުށި” މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމު ފަށާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
މި ޕްރޮގްރާމު ކުރިއަށް ގެންދިއުމުގައިި އިސްކޮށް ހަރަކާތްތެރިވާ އަލީ އަރީފް ބުނި ގޮތުގައި މި ޕްރޮގްރާމުގެ ފެށުމުގެ ގޮތުން އަންނަ ބުރާސްފަތި ދުވަހު މިރަށުގައި މަދުވެގެން 200 އެއްހާ ރުއް އިންދާނެ އެވެ.
“އަޅުގަނޑުމެން މި ގަސްދުކުރަނީ ހައްޖު ދުވަހު މިކަން ފަށަން، އެދުވަހު 200 އެއްހާ ރުއް އިންދޭނެ. މިކަން މި ފަށަނީ އޭދަފުށީގެ އުފަން ދަރިން. އެހެން ދަރިން މި ޕްރޮގްރާމު ކޮންޓިނިއުކޮށް އެންމެ މަދުވެގެން ކޮންމެ ރައްޔިތަކަށް ވާވަރަށް އަހަރު ދުވަހުގެ ތެރޭގައި ތިންހާހަށްވުރެ ގިނަ ރުއް ހަމަކުރެވޭނެ ކަމަށް މި ބަލަނީ،” އަލީ އަރީފް ބުންޏެވެ.
ދިވެހި ރުކަކީ ރާއްޖޭގައި އެންމެ ގިނައިން ހައްދާ އަދި ހެދޭ އެއް ބާވަތެވެ. މާލެ ފިޔަވައި އެހެން ކޮންމެ ރަށެއްގައި ވެސް އެންމެ ގިނަ ބާވަތަކީ ރުކެވެ. އެ ރުއްރުކުން އަޅާ ކުރުނބާ އާއި ކާށި މެދުކެނޑުމެއް ނެތި މާލެ އާއި ރަށްރަށުން ލިބެން ހުރެ އެވެ. ނަމަވެސް ފަހަކަށް އައިސް ކާށި ލިބުން ވަނީ ވަރަށް ބޮޑަށް މަދުވެ ކާށީގެ އަގު އަރައިގެން ގޮސްފަ އެވެ. މި ޕްރޮގްރާމު ފެށުމުގެ އެންމެ ބޮދު މަގުސަދަކީވެސް މިއެވެ.
“އެންމެ ބޮޑަށް މިކަން އިހުސާސް މިކުރެވުނީ މިދިޔަ ރޯދަމަހު ކާއްޓަށް ޖެހުނީމަ، އެ އިހުސާސް ކުރެވިގެން މި ޚިޔާލު އައީ، ރާއްޖޭގައި އަސްލު ކާށްޓަކީ ވަރަށް ފަސޭހައިން ހެދޭ އެއްޗެއް. އެކަމު ކާއްޓެއް 50 އަށް ވުރެ ބޮޑުވެގެން ދިޔައީމަ ދެން ހިތަށްއެރީ ކޮންމެެވެސް ސަބަބުތަކެއް ވެގެންނޭ، ދެން ބަލާލި ބެލުމުން ވަރަށް ގިނަ ރަށްރަށުގައި ފަޅުރަށްރަށުގައި ކުރިން ހުރޭ ކާށި އެކަމަކު ޓޫރިޒަމު ފުޅާވެ، ފަޅު ރަށްތަށް މިދިޔައީ ޓޫރިޒަމުގެ ހަރަކާތްތައްކަށް، އަދި އެންމެފަހުން ރުއް އިންދީ މީގެ ތިރީހަކަށް އަހަރު ކުރިން،”
އަލީ އަރީފް ބުނިގޮތުގައި އޭގެ ފަހުން ރުއް އިންދާކަށް އެއްވެސް ރަށެއްގެ ރައްޔިތުން ގަޔާވެގެން އެކަހަލަ ކަމެއް ކުރި ހަނދާނެއް ނެވެ އެވެ. އަދި ދެން ހުރި ރުކެއްވެސް ހުރީ މުސްކުޅިވެފައި ކަމަށާއި، ހުރި ރުކަކުންވެސް ކުރުބައެއް ކާއްޓެއް ލިބޭ ރުކެއް މިހާރު ވަރަށް މަދުވާނެ ކަމަށް އޭނާ ބުންޏެވެ.
“ދެން ހިތައްއެރީ މިކަމާ ގުޅިގެން އޭދަފުށި ވެސް ހިއްކާފަ އޮތުމާއެކު އޭދަފުށި ފެހި ކުރުމުގެ ޕްރޮގްރާމެއް ވެސް ފެށިފައި ވުމާއެކު އެ ޕްގޮރާމާވެސް ގުޅުވައިގެން ގޯ ގްރީން ގޯ އޭދަފުށި ނަމުގައި މިކަން ކުރިއަށްގެންދަން، މިކަން ކުރިއަށްދާނީ ސްކޫލުގެ ތިމާވެށި ކްލަބާ އާއްމު ހުރިހާ ފަރުދުންގެ ބައިވެރިވުމާވެސް އެކު،”
ގިނަ އަދަދެއްގެ ރުއް އިންދުމުގެ ޕްރޮގްރާމެއް ފަށަން ތައްޔާރުވަމުން އަންނައިރު މިމަހު ކުރީކޮޅު ވަނީ ފޭލި ޖަމިއްޔާއިން އޭދަފުށީ ފެހިކުރުމުގެ ކެމްޕޭނެއް ފަށައިފަ އެވެ. އެ ޕްރޮގްރާމުގެ ދަށުންވެސް ރަށުގެ ސްޓޭޖް ސަރަހައްދުގައި ހިޔާދޭ ބޮޑެތި ގަހާއި ރުއް އިންދާފައިވެ އެވެ.
ސަންސެޓް ބީޗުން އިންދީ އެންމެ 06 ރުކޭ.. ބީތާޔާ…. އެވަރުވެސް ދެން އޯކޭ
100 ނޫނީ 10000 ރުއްވެސް އިންދިދާނެ.. ގަސްވެސް އިންދިދާނެ. އެކަމު ތި ފޯދެންދެން ބެލެހެއްޓުމަކީ ބޮޑު ކަމެއް.
ރުކެއް އަދި އިންދުމަކުން ނުފުދޭ. ފެންދިގެން ހައްދާ ބަލަހައްޓަން ޖެހޭ.
ނިކަން މިސާލަކަށް ބަލާބަލަ ފޭލި ޖަމިއްޔާ. ސޮނެވާފުއްޓާއި ގުޅިގެންް ގަސްއިންދާއިފި. މިހާރުވެސް ކޮންމެ ދުވަހަކު ގަސްތަކަށް ފެންދެމުންދާތަން ފެނޭ. އެއީ ވަރަށް އުފާވެރި މަންޒަރެއް… ގަހެއް ހެދި ބޮޑުވުމުން އެކަމުގަ ފައިދާ ކުރާނީ ހަމަ އަހަރެމެން އެންމެންނަށް..
ސަންސެޓު ބީޗުގައި އިންދި ރުއްތައް އެކަނި އަދި ރަނގަޅަށް ހެދުނީ.
އެއީ 2005 ވަނަ އަހަރު އިންދުމަށް ފަހު ސަންސެޓް ގުރޫޕާއި ހަވާލު ކުރި ރުއްތަކެއް.
މިހާރު އެރުއްތައް ހުރީ ހެދި ފޯދިފައި.
މި ރުއްތައް ހެދެން މެދުވެރިވި ސަބަބަކީ ރަށު އޮފީހުން ތަކެތި ދިނުމުން، މި ގުރޫޕުން އެތަނުގައި ފެން ދެވޭނެ ގޮތަށް ފެންޕަންޕެން ހަރު ކުރުން.
މިހާރުވެސް 1000 ރުއް އިންދި ދާނެ، އެކަމް އެ ގަސްތަކަށް ފެންދީ ބަލަހައްޓާނެ ގޮތެއް އެނގިފަ އޮންނަން ޖެހޭ.
ދާދި ފަހުން ރޯޔަލް ރިސޯޓުން އިސްނަގައިން އޭދަފުށި ވަށައިގެން އިނދި 300 ރުއް ތެރެއިން ފެންނަން ހުރީ ހައެއްކަ ރުއް. ވިސްނާ! މިއީ ކިހިނެއްވީ ކަމެއް؟
އައްޔާ އަމާބުނީމާ ފަރަށްދާ އުސޫލުން ރުއްއިންދާނެ ކަމެއްނެތް. ތިގޮތަށް ތަފާތު އެކި މުނާސަބާތަކާއި ގުޅިގެން އިންދާ ގަސްތަކަށް ފެނެއް ނުދޭ އަޅައެއްނުލާ ! ރުއް އިންދީމާ ނިމުނީ ހެދެންޏާ ހެދެންވީ .