ހިތާދޫ ސްކޫލުގެ ދަރިވަރުންނަށް އަމާޒު ކޮށްގެން ކައްކަން ދަސްކޮށްދޭ ކޯހެއް އިއްޔެ އެ ސްކޫލުގައި ފަށައިފިއެވެ.
ހިތާދޫ ސްކޫލުން ބުނިގޮތުގައި ދެ ޖިންސުގެ 49 ދަރިވަރުން ބައިވެރިވި މި ކޯސް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެވެ. މި ކޯހުގައި ކިޔަވައި ދެއްވަނީ ކެއްކުމުގެ ދާއިރާގައި 13 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ހިތާދޫ ޕެންޒީ އަހްމަދު ޙަމްޝީދެވެ.
ހިތާދޫ ސްކޫލުން ބުނި މިއީ އަހްމަދު ޙަމްޝީދު އަމިއްލައަށް އިސްނަންގަވައިގެން އޭނާގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ކޯހެއްކަމަށެވެ.
މިކޯސް ކުރިއަށް ގެންދިއުމުގައި ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށާއި ބެލެނިވެރިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށްވެސް ހިތާދޫ ސްކޫލުން ބުންޏެވެ.