އޭދަފުށީ ދެނުކު ފަރާތު ހިއްކި ބިމުގައި ތަރައްގީކުރާ ކުޑަކުދިންގެ އަންނަ ހުކުރު ދުވަހު ހަވީރުން ފެށިގެން އާއްމުނަށް ހުޅުވާލަން ނިންމައިފި އެވެ.
ކުޑަކުދިންނަށް ކުޅެ ހިތް އުފާކޮށްލެވޭ ގޮތައް ހަދާފައިވާ މި ޕާކު ތަރައްގީކޮށްފައިވަނީ އެންމެ ޒަމާނީ ފެންވަރަށެވެ. އެތަނުގައި ކުޑަކުދިން ކުޅޭނެ ސާމާނާއި އެކުދިންގެ ބެލެނިވެރިންނަށް އިށީންދެލައިގެން ތިބެވޭނެ ގޮތް ހަދާފައިވެ އެވެ. ޕާކުގައި ސީސޯވް މެރީގޯރައުންޑް، އުނދޯލި ލެޑާ ސްލައިޑް ޕްލޭގްރައުންޑް ކްލައިމްބާސް ފަދަ ތަފާތު ތަކެތި ބަހައްޓާފައި ވެ އެވެ.
އޭގެ އިތުރުން ބޮޑެތި މީހުންނަށް ހާއްސަ އައުޓް ޑޯ ޖިމެއްވެސް ޕާކު ތެރޭގައި ހުރެ އެވެ.
ޕާކުގެ މަސައްކަތް ކުރަމުން އަންނަ ޓީމުގެ މީހަކު ބުނި ގޮތުގައި އަންނަ ހުކުރު ދުވަހުން ފެށިގެން ޕާކު އާއްމުންނަށް ހުޅުވާލާނެ އެވެ. ނަމަވެސް ޕާކު ރަސްމީކޮށް ހުޅުވުން އޮންނާނީ އަންނަ ޑިސެމްބަރު މަހު އެވެ.
“ސްކޫލު ޗުއްޓީއާ ދިމާކޮށް އަންނަ ހުކުރު ދުވަހުން ފެށިނގެން ޕާކު އާއްމުކޮށް އެންމެނަށް ހުޅުވާލާނެ. ނަމަވެސް ބޮޑު ރަސްމިއްޔާތަކާ އެކު ޕާކު ރަސްމީކޮށް ހުޅުވުން އޮންނާނީ އަންނަމަހު،”