
މިއަދު ހަވީރު 3-6 އަށް މުޅި ރަށުން ކަރަންޓް ކަޑާލާނެކަމަށް ބ. އޭދަފުށީ އިންޖީނުގެއިން ބުނެފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ އޭދަފުށީ އިންޖީނުގެއިން ބުނިގޮތުގައި، ކަރަންޓް ކަނޑާލަނީ ކަރަންޓް ދިނުމަށް ބޭނުންކުރާ އިންޖީނުތައް ސާވިސްކުރުމުގެ މަސައްކަތެއް ކުރުމަށެވެ.
ވޭތުވެދިޔަ މަހެއްހާ ދުވަހުން ފެށިގެން މިރަށުން ކަރަންޓް ކެނޑުމުގެ މައްސަލަ އަންނަނީ ދިމާވަމުންނެވެ. އޭދަފުށީ އިންޖީނުގެއިން ބުނާ ގޮތުގައި ދޭތެރެ ދޭތެރެއިން ރަށުގެ އެކި ހިސާބުތަކުން ކަރަންޓް ކަނޑާލަންޖެހެނީ ކަރަންޓް ބޭނުންކުރާ މިންވަރު މައްޗަށް ގޮސް އެތަނުގެ އިންޖީނުތަކުގެ ކެޕޭސިޓީ އަށް ނުފެތިގެންނެވެ. އަދި މިއީ ފަހަކަށް އައިސް މިރަށުގެ ރައްޔިތުންނަށް ކުރިމަތިވި ކަރަންޓް ކެނޑުމުގެ އެންމެ ދިގު ސިލްސިލާ އެވެ.