ޔޫތު ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ހުށަހެޅި ހުރިހާ ޓީމުތަކަށް ފުރުސަތުދެނީ

އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒު ކޮށްގެން އަންނަ މަހު ފަށާ “ޔޫތު ޗެމްޕިއަންޝިޕް 2013” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅި ހުރިހާ ޓީމުތަކަކަށް ފުރުސަތުދޭން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްް (އެފްއޭއެމް)އިން ނިންމައިފި އެވެ.

މުއްދަތު ހަމަވި އިރު މުބާރާތުގައި ބައިވެރިވުމަށް ޖުމްލަ 12 ޓީމަކުން އެދިފައިވާކަމަށް އެފްއޭއެމްއިން ވަނީ ހާމަކޮށްފަ އެވެ.

އެފްއޭއެމްއިން ބުނީ ބައިވެރިވާން ހުށަހެޅި ހުރިހާ ޓީމަކަށްވެސް ފުރުސަތު ދޭން ނިންމީ ފުޓްބޯޅައަށް ޝައުގުވެރިވާ ގިނައަދަދެއްގެ ޒުވާން ކުޅުންތެރިން ތަކެއް ކޮންމެ ޓީމެއްގައިވެސް ތިބުމާއެކު ގިނަ ކުޅުންތެރިނަށް ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ.

އެ މުބާރާތް ފެށޭނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވި އިރު، ފޯމް ހުށަހެޅި ޓީމްތަކުގެ ތެރޭގައި ހިމެނެނީ ފަސްޓް ޑިވިޒަންގެ އަށް ޓީމާއި އަތޮޅު ތެރެއަށް ނިސްބަތްވާ ތިން ޓީމުގެ އިތުރުން، މިފަހަރުގެ ތިންވަނަ ޑިވިޒަންގެ ފައިނަލްގައި ކުޅުނު ކްލަބް ގްރީންސްޓްރީޓެވެ.

އެ މުބާރާތުގައި ބައިވެރިވާ ފަސްޓު ޑިވިޒަންގެ އަށް ޓީމަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބާއި ކުލަބް ވެލެންސިޔާ އާއި ވީބީ އައްޑޫ އެފްސީ އާއި ކުލަބް އީގަލްސް އާއި ބީޖީ ސްޕޯޓްސް އާއި އޯލް ޔޫތް ލިންކޭޖް (އޭވައިއެލް) އަދި މާޒިޔާ އެވެ. އަދި އަތޮޅު ތަކުން މުބާރާތުގައި ވާދަކުރާނީ ބ. އޭދަފުށީ ފުޓްބޯޅަ ޓީމާއި އދ. މަހިބަދޫ ޒުވާނުންގެ ޖަމްޢިއްޔާ އަދި ހއ. ކެލާ، ކެލާ ނާޅި ސްޕޯޓްސް އެވެ.

މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ނަކީ ވިކްޓަރީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.