މިއީ ޑިސެމްބަރު 26، 2004 ގައި ރާއްޖެ އަށް ކުރިމަތިވި ސުނާމީގެ ރާޅުތައް އޭދަފުއްޓަށް އަރައިގެން ދިޔަ މަންޒަރުތައް ދައްކުވައިދޭ ހާއްސަ ވީޑިއޯ އެވެ. މި ވީޑިއޯތައް ނަގާފައި ވަނީ އެ ދުވަހު އޭދަފުށީގައި ހުންނެވި މުހަންމަދު ވަޖީހާއި މުހަންމަދު ނައުރީފެވެ.
މި ވީޑިއޯގައި އޭދަފުއްޓަށް އެ ދުވަހު ސުނާމީގެ ރާޅުތައް އަރައިގެން އައި ގޮތާއި އެ ރާޅުން ސަލާމަތްވުމަށް މީހުން ދުވަމުން އަންނަތަނާއި ރަށުގެ އުތުރު ފަރާތު ފަޅުތެރޭގައި އޮތް ގަދަ އޮއިގަނޑާއި ރަށު ތެރެ ވަރށް ރީތިކޮށް ދައްކުވައިދެ އެވެ. މީގެ އިތުރުން އޭރު ރަށުގެ އިސް ވެރިންގެ އިންޓަވިއުތަކާއި ބައެއް އާންމުން ކޮށްފައިވާ ތަޖުރިބާތައް ވެސް މި ވީޑިއޯގައި ފެނިގެން ދެ އެވެ. ހަމައެއާ އެކު، ބައެއް މީހުން ރޮއެ ﷲ އަށް ދުއާ ކުރާ އަޑު ވެސް ވީޑިއޯގައި ހިމެނެ އެވެ.