ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ގްރޫޕް އެކެއްގައި ލަނޑާގިރާވަރު ރިސޯޓް އަތުން 2- 1 އިން މޮޅުވެ، ޑުސިޓް ތާނީގެ ފެށުން ރަނގަޅުކޮށްފި އެވެ.
މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ޑުސިޓް އިން ލީޑު ނެގީ މެޗުގެ 68 ވަނަ މިނިޓުގައި އަހްމަދު ނިޒާމް ޖެހި ލަނޑުންނެވެ. އަދި މެޗުގެ 78 ވަނަ މިނިޓުގައި ނިޒާމު ވަނީ ޑުސިޓްގެ ލީޑު ފުޅާކޮށްދީފަ އެވެ. ނަމަވެސް މެޗު ނިމެންކައިރިވެފައިވަނިކޮށް ލަނޑާގިރާވަރު ރިސޯޓަށް ލަނޑު ޖަހައިދިނީ ހުސައިން ނަސީރު އެވެ. މިއަދުގެ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދީ ޑުސިޓަށް ދެ ލަނޑު ޖަހައިދިން އަހްމަދު ނިޒާމު އެވެ.
ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ދޭއްގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ސޮނެވާފުށި ރިސޯޓް އާއި ރޯޔަލް އައިލެންޑް ރިސޯޓް އެވެ.
ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އަހަރު ރިސޯޓް މުބާރާތުގައި 6 ޓީމު ވާދަކުރާއިރު، މުބާރާތުގެ ސެމީ އަށް ދާނީ ކޮންމެ ގުރޫޕެއްގެ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ.
މަރުހަބާ
މަރުހަބާ ނިޒާމް