އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާނާއި އިންސްޓިޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާގެ ފަރާތުން ބ. އޭދަފުށީގައި ގާރީ އަދި އިމާމުކަމުގެ ކޯސްތަކެއް ފަށަން ތައްޔާރު ވެއްޖެ އެވެ.
އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާނުން އޭދަފުށީގައި ހިންގުމަށް ހަމަޖެހިފައިވަނީ ގާރީ ކޯސް ސެޓްފިކެޓް ލެވެލް 1، 2 އަދި 3 ގެ އިތުރުން އިމާމު ކަމުގެ ސެޓްފިކެޓް ލެވެލް 3ގެ ކޯހެކެވެ. މި ކޯސްތަކުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން 9631111 ނަންބަރު ފޯނައި ގުޅައި ނަންނޯޓް ކުރުމަށް އެ އިންސްޓިޓިއުޓުން އެދެއެވެ. މި ކޯސްތައް ކުރިއަށް ގެންދާނީ ބްލޮކް މޯޑަށް ހަފްތާ ބަންދު ތެރޭގަ އެވެ.
އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާނުން އޭދަފުށީގައި ހިންގުމަށް ހަމަޖެހިފައިވަނީ ގާރީ ކޯސް ސެޓްފިކެޓް ލެވެލް 1، 2 އަދި 3 ގެ އިތުރުން އިމާމު ކަމުގެ ސެޓްފިކެޓް ލެވެލް 3ގެ ކޯހެކެވެ. މި ކޯސްތަކުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން 9631111 ނަންބަރު ފޯނައި ގުޅައި ނަންނޯޓް ކުރުމަށް އެ އިންސްޓިޓިއުޓުން އެދެއެވެ.
އިންސްޓިޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާގެ ފަރާތުން އޭދަފުށީ ގައި ހިންގުމަށް ހަމަޖެހިފައިވަނީ ގާރީ ކޯސް ސެޓްފިކެޓް ލެވެލް 1 އަދި 2 އެވެ. މި ކޯހަށް ވަނުމަށްއެދޭ ފޯމް މައި ކޮލެޖް އޭދަފުށީ ކެމްޕަހުން ލިބެން ހުންނާނެ އެވެ.