
ބ. އޭދަފުށީ ކައުންސިލްގެ ފަރާތުން ރައްޔިތުންނާ ބައްދަލުކުރުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެ ކަމަށް ކައުންސިލުން ބުނެފި އެވެ.
ރަށު ކައުންސިލުން ކޮށްފައިވާ އިއުލާންގައި ބުނެފައިވާގޮތުން ބައްދަލުވުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރޭ 9:00 ގައި އޭދަފުށީ މަލްޓިޕާޕަސް ހޯލުގަ އެވެ.
މި ބައްދަލުވުމަކީ ރަށު ކައުންސިލުން ބުނި ގޮތުގައި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމާއި މިއަހަރު ކައުންސިލުން ކުރިއަށްގެންދަން ރާވާފައިވާ ކަންތައްތަކުގެ އިތުރުން މިއަހަރަށް ފާސްކުރި ބަޖެޓް ރައްޔިތުންނާއި ހިއްސާކޮށް، ހިޔާލާ މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުމެކެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްގެ ފަރާތުން ބޭއްވުމަށް ލާޒިމްވާ މި ބައްދަލުވުމުގައި ވީހާ ވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވުމަށް ކައުންސިލްގެ ފަރާތުން އެދިލައްވަ އެވެ. އެކަމަކު ރައްޔިތުންގެ ފަރާތުން މިފަދަ ބައްދަލުވުންތަކަށް މާ ބޮޑު ތަރުހީބެއް ނުލިބޭކަން ފާހަގަ ކުރެވެ އެވެ.
