ބ. ފެހެންދޫގައި ފުލުހުންގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ފެހެންދޫ ކައުންސިލުގެ ރައީސް މޫސާ ނަސީމު ވިދާޅުވީ އެރަށުގައި ފުލުހުންގެ ހިދުމަތް ފަށައިގަތުމަށް ހަދަންޖެހޭ އިމާރާތް މަރާމާތު ކުރުމަށް މިހާރު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
މޫސާ ނަސީމު ވިދާޅުވި ގޮތުގައި ލައްކައެއްހާ ރުފިޔާ ޚަރަދުކޮށްގެން ފުލުހުންގެ ޚިދުމަތް އެރަށުގައި ގާއިމުކުރުމަށް މިކުރެވޭ މަސައްކަތުގެ ސަބަބުން އެ ރަށުގައި އިޖުތިމާއީ ރައްކާތެރިކަން ގާއިމުރުމަށް ކައުންސިލުން ކުރާ މަސައްކަތަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެވެ.
މީގެ އިތުރުން ރަށުގައި ކުރެވޭ ބޮޑެތި އިންވެސްތަކަށް ހިތްވަރަކަށްވެ، ހުރިހާ ގޮތަކުން ވެސް އިތުރު ކުރިއެރުމާއި އަމާންކަން ގާއިމުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
“މި މަސައްކަތުން ރައްޔިތުންނަށް ބޮޑު ކުރިއެރުމެއް ލިބި، އެތައް ގޮތުން ފައިދާ ކުރާނެ،”
ގާތްގަނޑަކަށް 300 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފެހެންދޫގައި މިވަގުތު ދިރިއުޅެނީ ސަތޭކަވަރަކަށް މީހުންނެވެ. މީހުން ދިރިއުޅޭ އަދަދު މަދުނަމަވެސް ފެހެންދޫއަކީ ގެސްޓް ހައުސް ވިޔަފާރީގައި ބ. އަތޮޅުގައި ވަރަށްބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ރަށެކެވެ.
ފުލުހުންގެ ޚިދުމަތް ފަށަންވީ ހަމައެކަނި ފެހެންދުއަކު ނޫނެވެ. ދޮންފަނުގަވެސް މެއެވެ. ސަބަބަކީ “ރޯދަވީއްލާ އެއްޗެތި” މިރަށުން ހުސްނުވެ ލިބޭތީއެވެ. ބަރާބަރަށް މިރަށާ މާދުރުނޫން ދެރަށަކަށް އަދި ރިސޯރޓަކަށް ސަޕްލައި ކޮށްދޭތީއެވެ. ކޮންމެދުވަހަކުވެސް މަދުވެގެން ދެލޯންޗް “ރޯދަވީއްލާ އެއްޗެތި” ބަލާ ދޮންފަނަށް އާދެއެވެ. އެއްލޯންޗް އުތުރުން އަނެއްލޯންޗް ދެކުނުން އާދެއެވެ. “ރޯދަވީއްލާ އެއްޗެތި” ގެންނަކަމަށް ޝައްކުކުރެވެނީ ސަޕްލައި ދޯނިފަހަރުގައެވެ. މިހާފާޅުކަންބޮޑުގޮތެއްގައި މިބަޔަކު މިކަން ކުރަމުންދާއިރު ފުލުހުން ކަހާތަން ހިރުވާލާހެންވެސް ހިއެއްނުވެއެވެ. ހާދަހާދެރައެވެ. ފުލުހުން ޒިންމާ އަދާނުކުރެއެކޭ އެއްފަހަރުވެސް ނުބުނަމެވެ.