
މުހައްމަދު ނައުރީފް
އޭދަފުށީގައި މިހާރު ކުރިއަށްދާ ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފަހުޖާގަ ފަސޭހަކަމާއެކު ސޮނޭވާފުށި ހޯދައިފި އެވެ.
މިއަދު ހަވީރު އޭދަފުށި ފުޓްބޯޅަދަނޑުގައި ކުޅުނު މި މެޗު އަނަންތަރާ ކިހަވައްވިލާސް އާ ވާދަކޮށް ސޮނޭވާ ކާމިޔާބުކުރީ 4-0 ންނެވެ.
މުޅި މެޗްގެ ކޮންޓްރޯލް ކޮށްގެން ސޮނޭވާ ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު މެޗްގެ 9ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އާދަމް ނިޔާޒެވެ. ދެވަނަ ލަނޑު 37 ވަނަ މިނެޓްގައި އަލީ ޒުބައިރު ކާމިޔާބުކޮށްދިން އިރު ފަހު ދެލަނޑު މެޗް ނިމެންދަނިކޮށް ކާމިޔާބުކޮށްދިނީ އަބްދުލް މަޖީދު އާ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އާދަމް ނިޔާޒު އެވެ.
މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.