
ބ. އޭދަފުށީގެ ގޭގޭގައި ބާވެ. ބޭނުންނުކޮށް ގިނަ ދުވަސްވެފައިވާ ޚަތިމުތައް ކައުންސިލާ ހަވާލުކުރަން އަންގައިފި އެވެ.
އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ، އޭދަފުށީ ގޭގޭގައި ބައުވެ، ހަލާކުވެފައިވާ ބޭނުންނުކޮށް ގިނަދުވަސްވެފައިވާ ޚަތިމުތައް ވަރަށް ގިނަ ގޭގޭގައި ހުރިކަން ފާހަގަ ކުރެވޭ ކަމަށެވެ.
“އެހެންވެ، އެގޮތަށް ބޭނުންނުކޮށް ހުންނަ ޚަތިމުތައް ރަށު ކައުންސިލާ ހަވާލުކުރަން އެންގީ. އެ ހަތިމުތައް އަދި ބަހައްޓާނީ ކައުންސިލުގެ ބެލުމުގެ ދަށުގައި. އިސްލާމިކް މިނިސްޓްރީއާ ވާހަކަ ދައްކައިގެން ޚަތިމުތައް ނައްތާލުމަށް މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ނިންމާނީ،” ތޮލާލު ވިދާޅުވި އެވެ.
އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި އެފަދަ ޚަތިމުތައް ކައުންސިލަށް ބަލައިގަންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު 1:00 އާ ދެމެދު އެވެ.
