
ބ. އަތޮޅުގެ ހަތް ރަށެއްގައި އަޅާ ފުޓްސަލް ދަނޑުތަކުގެ މަސައްކަތް ފެށުމަށް ބޭނުންވާ ހުރިހާ ސާމާނެއް ދަރަވަންދުއަށް ގެނެސްފި އެވެ.
ބ. އަތޮޅުގައި މިހާރު މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ދަނޑުތަކަކީ ދަރަވަންދޫ، ކެންދޫ، ކުޑަރިކިލު، މާޅޮސް، ގޮއިދޫގެ އިތުރުން ހިތާދުއާއި ކަމަދޫގައި އެޅުމަށް ހަމަޖެހިފައިވާ ދަނޑުތަކެވެ. މި ދަނޑުތަކަކީވެސް އެފްއޭއެމްއާ ހަވާލުކުރެވިގެން ކުރިއަށް ގެންދާ ދަނޑުތަކެކެވެ.
ޔޫތު މިނިސްޓްރީން ބުނި ގޮތުގައި މިހާރު ކުރިއަށް ދަނީ ދަރަވަންދޫގައި ހުރި ސާމާނުތައް އެކި ރަށްރަށަށް ފޯރުކޮށްދިނުމުގެ މަސައްކަތެވެ. އަދި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ދަނޑުތައް ނިންމާނެ ކަމަށްވެސް ޔޫތު މިނިސްޓްރީން ބުންޏެވެ.

Thikahala size hamanuvaa dhadu zuvaanunakah ehves varakah beynumeh nuhifey
L