ނައިޓް މާކެޓަށް އެއް ރޭ އިތުރުކޮށްފި

ރޭ ނައިޓް މާކެޓްގެ މޭޒަކުން ބަޔަކު ވިޔަފާރި ކުރަނީ. މިރޭ ވެސް މި މާކެޓް ކުރިއަށްދާނެ
ރޭ ނައިޓް މާކެޓްގެ މޭޒަކުން ބަޔަކު ވިޔަފާރި ކުރަނީ. މިރޭ ވެސް މި މާކެޓް ކުރިއަށްދާނެ

 

ވިއްސާރައިގެ ސަބަބުން ހުކުރު ދުވަހުގެ ރޭ ނައިޓް މާކެޓް ބޭއްވޭގޮތް ނުވުމުން ނައިޓް މާކެޓަށް އެއް ރޭ އިތުރުކޮށްފި އެވެ.

 މާކެޓު ބާއްވާ އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބުނީ ކުރިން ރޭ ނިންމަން ކަނޑައަޅާފައިވާ ނައިޓް މާކެޓް މިހާރު ނިމޭނީ މިރޭ ކަމަށެވެ. އެގޮތުން މިއަދު ހަވީރު 4:30 ން ފެށީގެން މިރޭގެ 12:00 ގެ ނިޔަލަށް ނައިޓް މާކެޓް ކުރިއަށްދާނެ ކަމަށް އަންހެނުންގެ ކޮމެޓީން ބުންޏެވެ. އަދި އެ ބަދަލު ގެނެސްފައިވާނީ ނައިޓް މާކެޓްގައި ބައިވެރިވި ވިޔަފާރިވެރިންގެ އެދުމުގެ މަތިން ކަމަށް ވެސް އަންހެނުންގެ ކޮމެޓިން ބުނެއެވެ.

އޭދަފުށީ ރަސްމީ ސްޓޭޖާދިމާ ބަނދަރުމަތީގައި ކުރިއަށްދާ މި ނައިޓް މާކެޓަށް އާއްމުންނާއި ވިޔަފާރިވެރިންގެ ފަރާތުން ވަރަށްބޮޑޫ ތަރުހީބެއް ލިބެމުން އަންނަކަމަށް އަންހެނުންގެ ކޮމެޓީން ބުންޏެވެ.

އަންހެނުންގެ ކޮމެޓީން ބާއްވާ މި ނައިޓް މާކެޓަކީ މިއަހަރުގެ ރޯދައާ ދިމާކޮށް ބާއްވަންފެށި ބާޒާރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.