
ރޯދަމަހަށް ޚާއްސަކޮށްގެން ކަސްޓަމަރުންނަށް އަގު ބޮޑެތި އިނާމުތަކަކާ އެކު ވަތަނިއްޔާއިން ގިނަ ޕްރޮމޯޝަންތަކެއް މިއަދު ފަށައިފި އެވެ.
ވަތަނިއްޔާއިން ހަތް ޕްރޮމޯޝަނެއް މި ރޯދަމަހު ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ. އެއީ؛ ބޯނަސް ރީޗާކް އާއި އައިޑީޑީ ޓޯކް މޯ، ސޭވް މޯ އާއި ކޯލް އެންޑް ވިން އާއި ރަމަޟާން ސަޕްރައިޒް” އާއި ޕްރީޕެއިޑް ރޯމިންގ އާއި “ރަމަޝާން މަހަށް ޚާއްސަ” ފިތުރު ޒަކާތް އަދި ހިލޭ ނަމާދު ވަގުތު އަންގައިދޭ ޕްރޮމޯޝަން އެވެ.
ބޯނަސް ރީޗާޖް
ބޯނަސް ރީޗާޖް ގެ ނަމުގައި ވަތަނިއްޔާ އިން ކުރިއަށްގެންދާ ޕްރޮމޯޝަންގައި މި ރޯދަ މަހުގެ ކޮންމެ ހަފްތާ ބަންދެއްގައި ކުރާ ހުރިހާ ރީޗާޖަކަށް 25 ޕަސެންޓާ ހަމައަށް އިތުރަށް ކުރެޑިޓް ލިބޭނެ އެވެ.
އައިޑީޑީ ޓޮކް މޯ ސޭވް މޯ
މި ރޯދަމަހުގެ ހެޔޮއެދުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅުއްވާ އާއިލާ އަދި ރައްޓެހިންނަށް ވަތަނިއްޔާ މެދުވެރިކޮށް ހިއްސާ ކުރައްވައިގެން ޑިސްކައުންޓް ލިބޭގޮތަށް އެ ކުންފުނިން ވަނީ ހަމަޖައްސައިފަ އެވެ. މި ޕްރޮމޯޝަންގައި ވަތަނިއްޔާ އައިޑީޑީ ކޯލްގެ ފުރަތަމަ ތިން މިނިޓް ވާހަކަ ދެއްކުމުން އެ ކޯލަކަށް 20 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭގޮތަށް ވަތަނިއްޔާއިންވަނީ ހަދައިފަ އެވެ.
ކޯލް އެންޑް ވިން
މި ރޯދަމަހު ވަތަނިއްޔާ އިން ކުރިއަށްގެންދާ ޕްރޮމޯޝަންގައި ވަތަނިއްޔާގެ ނަމްބަރުތަކަށް 50ރ.ގެ ލޯކަލް ކޯލު ކޮށްގެން 300000ރ. އަށް ވުރެ އަގުހުރި އިނާމެއް ދޭން ވަތަނިއްޔާއިން ވަނީ ނިންމައިފަ އެވެ.
އެގޮތުން މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ދެ ފަރާތަކަށް އެކުސް ޒޯނުން ހުށައަޅާފައިވާ ޔަމަހާ ޖުޕިޓާ ދެ ސައިކަލާއި އަލޯރާގެ ފަރާތުން ހުށައަޅާފައިވާ 50000ރ.ގެ ގިފްޓް ވޯޗާ ލިބޭނެ ކަމަށް ވަތަނިއްޔާއިން ބުންޏެވެ. އަދި ހަފްތާއަކު 50ރ. ހޭދަކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ފަރާތަކުން ރީފްސައިޑުން ދޭ ސޮނީ އެކްސްޕީރިއާ ޒެޑް ފޯނެއް ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރަމަޟާން ސަޕްރައިޒް
މި ޕްރޮމޯޝަންގައި ޑަބްލިޔު ޕުރީޕެއިޑް އަދި ޑަބްލިޔު މިކުސް ޕެކޭޖްތަކުން *999# އަށް ގުޅުމުން ހިލޭ ކުރެޑިޓް އާއި އަންލިމިޓެޑް ކާޑުގެ އިތުރުން އައިފޯން 5 އަކާއި އެހެނިހެން އަގުހުރި އިނާމްތައް ހޯދޭނެ އެވެ.
ޕްރީޕެއިޑް ރޯމިންގ
މި ޕްރޮމޯޝަންގެ ދަށުން ވަތަނިއްޔާއިން ކަސްޓަމަރުން ސްރީލަންކާ، އިނޑިއާ، މލޭޝިޔާ، ސައުދި އަރަބިއްޔާގައި ޕްރިޕެއިޑް ރޯމިން ހިދުމަތުން 10 ޕަސެންޓްގެ ޑިސްކައުންޓެއް ލިބިގެންދާނެ އެވެ.
މީގެ އިތުރުން “ރަމަޟާން މަހަށް ޚާއްސަ” މި ޕްރޮމޯޝަންގެ ދަށުން ނަމާދު ވަގުތުތައް ހިލޭ ބަލައިލުމުގެ ހިދުމަތާއި ފޯން މެދުވެރިކޮށް ޒަކާތް ދެއްކުމުގެ ހިދުމަތް ވެސް ވަތަނިއްޔާއިން މިއަހަރު ވެސް ފޯރުކޮށްދޭނެ އެވެ. ނަމާދު ވަގުތުތައް ހިލޭ ބޭނުންކުރެއްވުމަށް {go} ޖެހުމަށްފަހު 4777 އަށް އެސްއެމްއެސް ކުރަންޖެހެ އެވެ. އަދި ފިތުރު ޒަކާތް ދެއްކުމަށް #909* އަށް ގުޅުމުން އެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ވަތަނިއްޔާއިން ބުންޏެވެ.