މި އަހަރުގެ ފިތުރު ޒަކާތް އޭދަފުށީ ކައުންސިލް އިދާރާއިން ބަލައިގަންނަން ފަށައިފި އެވެ.
އޭދަފުށި ކައުންސިލް އިދާރާއިން ބުނީ ފިތުރު ޒަކާތް އިއްޔެ ފެށިގެން ރޯދަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ބަލައިގަންނާނެ ކަމަށެވެ. މި އަހަރު ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ހެނދުނު 30: 9 އިން 00: 12 އަށެވެ.
ކައުންސިލް އިދާރާއިން ނެރެފައިވާ އިއުލާނެއްގައި ވަނީ މި އަހަރު މިރަށުން ފިތުރު ޒަކާތް ދައްކަން ޖެހެނީ ބާސްމަތީ ހަނޑުލުން ނަމަ ބޮލަކަށް 60ރ. އަދި ތައިލެންޑު ހަނޑުލުން ނަމަ ބޮލަކަށް 48ރ. އެވެ. އާދައިގެ ހަނޑުލުން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ ބޮލަކަށް 11.06ރ. އެވެ.
ޒަކާތް ދައްކަންޖެހެނީ އަހަރު ތެރޭގައި އާއްމުކޮށް އެ މީހަކު ނުވަތަ އެ ބަޔަކު ކެއުމަށް ބޭނުންކުރި ހަނޑުލުގެ ބާވަތުން 2.4 ކިލޯ ގްރާމް ނުވަތަ އެ އަދަދަށްވާ ފައިސާ އެވެ.