“ކުރީގެ ވެރިކަންތަކުގައި ގޮއިފުޅަ ފެހެންދޫ އަށްވަނީ އަޅާނުލެވި ދޫކޮށްލާފައި”

 އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަ ދައްކަވަނީ. --  ފޮޓޯ:  އެމްޑީޕީ
އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަ ދައްކަވަނީ. — ފޮޓޯ: އެމްޑީޕީ

 

ޤުދުރަތީ އަތޮޅެއްކަމަށްވާ ‘ގޮއިފުޅަފެހެންދޫ’ އަކީ ކުޑަ އަތޮޅެއްކަމުން މީގެ ކުރީގެ ވެރިކަންތަކުގައި އެސަރަހައްދަށް އަޅާ ނުލެވި، ވަރަށް ބޮޑަށް ދޫކޮށްލެވިފައިވާ ކަމަށާއި، އެހެން ނަމަވެސް އެމްޑީޕީ ސަރުކާރުގައި އެއްވެސް ތަފާތުކުރުމެއް ނެތި، ހުރިހާ ސަރަހައްދަކަށް ތަރައްޤީ ގެނެސްދެއްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަތޮޅު ތެރޭގައި ކެމްޕޭން ހަރަކާތްތައް ހިންގެވުމަށް މިއަދު ހަވީރު ބ. އަތޮޅަށް ފުރާވަޑައިގެންނެވުމުގެ ކުރިން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ސިޔާސީ މަސްރަހު އޮޅުން ފިލުވައިދޭން ޖެހޭކަމަށެވެ. އަދި އިއްތިހާދުވެގެން ސަރުކާރު ހިންގައިގެން ރާއްޖޭގެ ތަރައްޤީއަށް ލިބުނު ގެއްލުންތައް ރައްޔިތުންނަށް އޮޅުން ފިލުވައިދޭން ޖެހޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މި ދަތުރުފުޅުގެ އެންމެ ބޮޑު އެއް ބޭނުމަކަށްވާނީ އިއްތިހާދުވެގެން މަސައްކަތްކުރުމުން ރައީސް ނަޝީދުގެ ވެރިކަމުގަ އާއި އަދި މިހާރުގެ ވެރިކަމުގައި ލިބެމުންދާ ގެއްލުންތައް ރައްޔިތުންނަށް ބުނެދިނުމެވެ.

ރައީސް ނަޝީދު ބ. އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި ވަޑައިގަންނަވާނީ ޤުދުރަތީ ގޮތުން ވަކި އަތޮޅެއްގެ ގޮތުގައި އޮންނަ ގޮއިދޫ، ފެހެންދޫ އަދި ފުޅަދޫއަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޢަބްދުލް މުހައިމިން

    “އިހަށް ނުވިކަމެއް ފަހަކުން ނުވާނެ” މި ސައިޓަކީ މިނިވަން ސައިޓެއް ކަމާމެދު ސުވާލު އުފެދޭ؟ ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ތެރެއިން ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަކޮށް ކަންތައް ކުރުމަށް ގޮވާލަން. ރީނދޫ ހުން ޖެހިފައިވާ ކަމުގެ ކުލަވަރު މި ސައިޓުން ފެންނާތީ ހިތާމަކުރަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.