ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ބ. ހިތާދޫގައި ގާއިމުކުރި ފެރީ ޓާމިނަލް ހުޅުވައިފި އެވެ.
“ހިތާދޫ ފެރީ ގިމަތަ” ގެ ނަމުގައި ހަދާފައިވާ އެ ޓާމިނަލު މިދިޔަ އަންގާރަ ދުވަހު ހުޅުއްވައި ދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޙްލޫފެވެ.
ހިތާދޫ ކައުންސިލުގެ ބަޖެޓުން ލައްކައެއްހާ ރުފިޔާ ޚަރަދުކޮށްގެން އިމާރާތް ކުރި މި ޓާމިނަލުގެ ސަބަބުން އެރަށަށް ލަފާފުރާ ދަތުރުވެރިންނަށް ބޮޑު ފަސޭހަތަކެއް ލިބިގެން ދާނެކަމަށް އެރަށު ކައުންސިލުން ބުންޏެވެ.