އޭދަފުށީގައި ގެސްޓް ހައުސް އެޅުމުގެ ހުއްދަ ނުދޭގޮތަށް ކައުންސިލުން ނިންމައިފި

ރައީސް ނަޝީދު އޭދަފުށީގައި ގާއިމުކުރި ގެސްޓްހައުސް ހުޅުވައިދެއްވަނީ- ރަށު ކައުންސިލުން ވަނީ މިރަށުގައި ގެސްޓްހައުސް ވިޔަފާރި ކުރުމުގެ ހުއްދަ ނުދޭން ނިންމާފައި-- ފައިލް ފޮޓޯ
ރައީސް ނަޝީދު އޭދަފުށީގައި ގާއިމުކުރި ގެސްޓްހައުސް ހުޅުވައިދެއްވަނީ- ރަށު ކައުންސިލުން ވަނީ މިރަށުގައި ގެސްޓްހައުސް ވިޔަފާރި ކުރުމުގެ ހުއްދަ ނުދޭން ނިންމާފައި– ފައިލް ފޮޓޯ

އޭދަފުށީގައި ގެސްޓް ހައުސްގެ ވިޔަފާރިކުރުމަށް އެއްވެސް ފަރާތަކަށް ހުއްދަ ނުދިނުމަށް އޭދަފުށީ ކައުންސިލުން ނިންމައިފިއެވެ.

 އެމްޑީޕީ ސިޔާސަތުގެ ދަށުން ރައީސް ނަޝީދު މިމަހު ކުރީކޮޅު އޭދަފުށިގައި ހުޅުއްވައިދެއްވި ގެސްޓްހައުސް “ހައުސް ޑީ ކޯރަލް”ގެ ފަރާތަކުން މިރަށުގައި ގެސްޓް ހައުސްގެ ވިޔަފާރި ފެއްޓުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވުމަށް ފަހު ކައުންސިލަށް ހުށަހެޅުމުން ރަށުކައުންސިލުން ދީފައިވާ ޖަވާބުގައި ބުނެފައިވަނީ އެ ހުއްދަ ދެވެން ނެތްކަމަށެވެ.

“އޭދަފުށީގައި އެއްވެސް ފަރާތަކަށް ގެސްޓް ހައުސް އެޅުމުގެ ހުއްދަ ނުދޭގޮތަށް 24 ޖުލައި 2013 ވަނަ ދުވަހު ކައުންސިލުގެ 12 ވަނަ ޖަލްސާއިން ނިމިފައިވާތީވެ ދެންނެވީމެވެ.” ގެސްޓް ހައުސްގެ ވިޔަފާރި ފަށަން ބޭނުންވާ ފަރާތަށް އޭދަފުށި ކައުންސިލުން ފޮނުވި ސިޓީގެ ޖަވާބުގައި ބުނެފައިވެ އެވެ.

އޭދަފުށި ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ ގެސްޓް ހައުސް ހިންގުމުގެ ހުއްދައަކީ ޓޫރިޒަމް މިނިސްޓްރީން ދޫކުރާ އެއްޗެއްކަމަށް ވިޔަސް ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި އެ ހަރަކާތް ހިންގޭނީ ކައުންސިލްގެ ހުއްދަ ލިބިގެންކަމަށް ގަބޫލުކުރެވޭކަމަށެވެ.

“އާންމު ފަރާތަކުން އެކަމަށް އެދުމުން އަޅުގަނޑު ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން އެކަމާއިމެދު ގޮތެއް ނިންމަން ކައުންސިލްގެ ބައްދަލުވުމަކަށް ގެންދިޔާއީ، ކައުންސިލްގެ އަގުލަބިއްޔަތުން ނިންމާފައި އެއޮތީ އެހުއްދަ ދޭން ނުފެންނަކަމަށް. ދެން އަޅުގަނޑުމެން ނުދެކެން އަޅުގަނޑުމެން ހުއްދަ ނުދެނިސް ޓޫރިޒަމުންވެސް ހުއްދަ ދޭނެކަމަކަށް،” އޭދަފުށި ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި ގެސްޓް ހައުސްގެ ވިޔަފާރި ހިންގުމުގެ ފުރުސަތު ގަވާއިދެއްގެ ދަށުން އަމިއްލަ ފަރާތްތަކަށް ހުޅުވާލާފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ވިޔަފާރި މިހާރު ކާމިޔާބުކަމާއެކު ދަނީ ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

10 ކޮމެންޓް

  1. އަބްދުﷲ

    ބޯގޯސް ކައުންސިލަރުންތަކެއް ތިމީހުން ކައުންސިލް ކަމަށް ތަސައްރަފު ފުދުމާއިމެދުވެސް ސުވާލު އުފެދޭ މިހާރު ރަށުގެ ތަރައްގީ އަށް ހުރަސްއަޅަންތިބޭބައެއްބާ ކައުންސިލަރުންނަކީ

    ރައްދު
  2. އަޙްމަދު ރަޝީދު ސީޓް

    އޭދަފުށީ ގެ ކައުންސިލަރުންނަށް ހަމަ “އައްސަރިބަހާ ސާބަސް” ސިޔާސީ ޙަސަދަވެރިކަމެއްގެ ތެރެއިން ރަށުގެ ތަރައްޤީއަށް ހުރަސް ނޭޅުމަށް ގޮވާލަން. ކައުންސިލަރުން ޤާބިލްކަމާމެދު ސުވާލު އުފެދިއްޖެ.
    އޭދަފުށީ ގައި ގެސްޓް ހައުސް ވިޔަފާރި ކުރަން ހުއްދަ ނުދޭންވި ސަބަބަކީ ކޮބައިތޯ؟

    ރައްދު
  3. rins

    ދިވެހި ރާއްޖޭގެ ގާނޫނުތަކާއި، އިސްލާމްދީން މަނާނުކުރާ ކޮންމެ ވިޔަފާރިއެއްވެސް ދިވެހި ކޮންމެ ރައްޔިތަކަށްވެސް ކުރެވެންވާނެ. އެކަން ކައުންސެލަރަކަށްވެސް، މަނަޔެއް ނުވުރެވޭނެ. ކައުންސިްލކަމަކީ ގާނޫނުތަކުގެ މަތީގައި ތިބުމަށް ލިބޭ ހުއްދައެއްނޫން. އަދި ގާނޫނުތައް ހަދާ ބާރަކީވެސް ތިއީއެއްނޫން. ވީމާ ކައުންސިލް “ފުއްޕަންޏާ” ސައިޒްކުރޭ. ކޯޓަށްދޭ.

    ރައްދު
  4. aleeashraf

    “ގެސްޓް ހައުސް އެޅުމަށް ހުއްދަ ނުދޭގޮތަށް” އޭދަފުށީ ޗާނދަނީވިލާ ގެއަކީ އަޅާނިމިފަހުރި ގެއެއް. އިތުރަށް އަޅަންޖެހޭކަމަކަށް ނުވިސްނޭ. ކައުންސިލުން ތިނިންމިގޮތުން މިހާރު އޭދަފުށީގައި ގެއެއްވެސް އެޅޭނީ ހަމައެކަނި ދިރިއުޅުއްމައްތާ؟ ތަނެއްކުއްޔަށްނަގާގެން ވިޔަފާރި އެއްވެސް ނުކުރެވޭނެތާ؟ އޭދަފުށީ ކައުންސިލުން ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް ތިގޮންޖެހީ

    ރައްދު
  5. AN

    ހުއްދަ ނުދޭންނިންމި ސަބަބުތަށް ވަރަށް ސާފުކޮށް ބުނެދެވެންޖެހޭނެ. ކައުންސިލަރުން ވިސްނަނީ ކޮންގޮތަކަށްބާ؟ ހާދަ ނާތަހުޒީބު ބައެއްހެން ހީވޭ ކައުންސިލްގަތިބީ.

    ރައްދު
  6. ihusaash

    ހަމަ ބަރާބަރު ނިންމުމެއްތިޔައީ. ސަބަބަކީ އަމިއްލަ ފަރަތަކުން އޭދަފުށީގައި އިންޓަރނޭސަނަލް ފެންވަރުގެ ފުޓުބޯޅަ ދަނޑަކާއި އެކު ގެސްޓު ހައުސްގެ ވިޔަފާރި ކުރަން ހުސައެޅުމުން، އެކަމަށް އެންމެ ބޮޑަށް ފާޑުކިޔައި ހަދޫޖެހީ އެމް.ޑީ.ޕީ ގެ އޭދަފުއްޓަށް ނިސްބަތްވާ ސަޕޯޓަރުން.
    އޭރު އެމް.ޑީ.ޕީ ސަޕޯޓަރުން ބުނަމުން ދިޔައީ ރަށުތެރޭގައި ގެސްޓުން އުޅޭނީ ރިޒޯޓު ތަކުގައިވެސް ގެސް އިން އުޅެ ގޮތަށޭ، އަދި ހަމަ އެހެންމެ ރާބުއިމުގެ ސިލްސިލާއެއްވެސް ޒުވާނުންގެ މެދުގައާއި ރަށުތެރޭގައިވެސް އާމު ވެދާނެކަށް މިކަމާ ދެކޮޅު ހެދި މީހުން ކިޔަމުން ދިޔަ.
    ނަމަވެސް އަންނި ޓުއަރިޒަމް ސިޔާސަތު އިއުލާން ކުރުމުން އެންމެ ފުރަތަމަ މަރުހަބާކީ އެމް.ޑީ.ޕީ ސަޕޯޓަރުން. އަންނި ވީމަ އޯކޭވީ.. މީ އަސްލު އެމް.ޑީ.ޕީ ސަޕޯޓަރުން ގެ ވައްތަރަކީވެސް.
    ކައުންސިލްގެ ތި ނިންމުމަށް ހަމަ މަރުހަބާކިޔަން. ސުކުރިއްޔާ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.