ނައިބު ރައީސް ފައިސަލް ނަސީމް ބ. ކިހާދޫއަށް މިއަދު ހަވީރު ވަޑައިގެންފި އެވެ. މިއީ ނައިބު ރައީސްކަމާ ހަވާލުވެ ވަޑައިގެންފަހުން ފައިސަލް މިއަތޮޅަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ނައިބް ރައީސް ފައިސަލް ކިހާދޫއަށް ވަޑައިގެން އެންމެ ފުރަތަމަ ޒިޔާރަތް ކުރައްވާފައި ވަނީ ރާއްޖޭގެ އެންމެ ބޮޑު ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) އަށެވެ. އެގޮތުން އެތަނުގެ އިސް ވެރިންނާ ބައްދަލުކުރައްވައި މަސައްކަތްތައް ކުރިޔަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު އޮޅުންފިލުއްވާފައިވެ އެވެ.
ޓިވެކްގެ އިތުރުން ކިހާދޫ ސްކޫލަށާއި ސިއްހީ މަރުކަޒަށް ވެސް މިއަދު ހަވީރު ވަޑައިގެން އެތަނުގެ މަސައްކަތްތައް ވެސް ކުރިއަށްދާގޮތް ވަނީ ބައްލަވާލައްވައިފަ އެވެ.
ނައިބު ރައީސްއާއެކު އެ ދަތުރުފުޅުގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އާއި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން ވެސް ބައިވެރިވެ ވަޑައިގަންނެވި އެވެ.
ނައިބް ރައީސް ފައިސަލު ކިހާދޫއަށް ކުރެއްވި ދަތުރު ނިންމަވާލައްވައި މިއަދު ހަވީރު ވަނީ އެނބުނި ފުރާވަޑައިގެންފަ އެވެ.