ފަތުރުވެރިކަމުގެ ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ހާއްސަކޮށްގެން ވިލާ ކޮލެޖާއި ރޯޔަލް އައިލެންޑް ރިސޯޓް ގުޅިގެން ހިލޭ ކޯހެއް ހެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރޯޔަލް އައިލެންޑް ރިސޯޓުން ބުނީ، އެ ރިސޯޓުން ހިންގާ އެޕްރެންޓެންޝިޕް ޕްރޮގްރާމުގެ ދަށުން، ސެޓްފިކެޓް 3 އިން ހޮސްޕިޓާލިޓީ ކޯސް ހިލޭ ހެދޭނެ ކަމަށެވެ.
ރޯޔަލް ރިސޯޓުން އިންޓާންޝިޕް ހިންގަނީ އޯލެވެލް އަދި އޭލެވެލް ފުރިހަމަކޮށްފައިވާ އުމުރުން 18 އަހަރާއި 22 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެންނެވެ.
ރޯޔަލް އައިލެންޑް ރިސޯޓުން ބުނި ގޮތުގައި މި ޕްރޮގްރާމަށް ހޮވޭ ދަރިވަރުން ރިސޯޓަށް ގެންގޮސް ޕްރެކްޓިކަލް އަދި އެކަޓެމިކް ލެކްޗާސް ދެވޭނެ އެވެ. އެގޮތުން ފުޑް އެންޑް ބެވަރެޖް، ހައުސްކީޕިން، ފްރޮންޓް އޮފީސްގެ ދާއިރާއިން ތަމްރީނު ދޭނެ އެވެ. އަދި މި ޕްރޮގްރާމު ފުރިހަމަކުރާ ބައިވެރިންނަށް ވިލާ ކޮލެޖުން ހޮސްޕިޓާލިޓީ އޮން އޮޕަރޭޝަންގެ ލެވެލް 3 ގެ ސެޓްފިކެޓަކާއި ރޯޔަލް އައިލެންޑް ރިސޯޓުން ހާއްސަ ސެޓްފިކެޓެއް ދޭނެ އެވެ. މިއީ ޓޫރިޒަމްގެ ދާއިރާ އިން ކުރިއަށް ދިއުމުގެ އިތުރު ބާރެއް ކަމަށް އެ ރިސޯޓުން ބުންޏެވެ.