ސްކައި ގައިޒްއިން ބާއްވާ ޕެރޮމޯޓާ އިވެންޓްގެ ލީޑް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
ދިރާގުން ބުނީ އެ އިވެންޓްގެ މަގްސަދަކީ ސްކައި ގައިޒްއިން ރާއްޖޭގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. އަދި މިއީ ކޮންމެ އަހަރެއްގެ ވެސް ޓޫރިޒަމްގެ އިވެންޓެއްގައި ގޮތުގައި ހަދައި ސްކައި ސްޕޯޓް ޓޫރިޒަމްއަށް ހޭލުންތެރިކަން އިތުރުކުރުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ.
ސްކައި ގައިޒްއަކީ ރާއްޖޭގެ ޕައިލެޓުން ހިމެނޭ ގްރޫޕެކެވެެ. އެ ގްރޫޕުން ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނަށް، ޕެރޮމޯޓާއެއްގައި ދަތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދި އެ އިވެންޓްގެ ދަށުން ރާއްޖޭގެ 24 ރަށެއްގައި ސިންގަލް ޔޫސް ޕްލާސްޓިކްގެ ސަބަބުން ރާއްޖެއަށް ލިިބޭ ގެއްލުންތަކާއި އަދި ސިންގަލް ޔޫސް ޕްލާސްޓީކް ބޭނުންކުރުން ހުއްޓާލުމަށް ހޭލުންތެރިކަން އިތުރުކުރުމަް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުންޏެވެ.
ސިންގަލް ޔޫސް ޕްލާސްޓިކްއާ ދެކޮޅަށް ދިރާގުން ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ޕާލޭއާ އެކު 2016 ވަނަ އަހަރު “ފޯ ދަ އޯޝަންސް”ގެ ނަމުގައި ވަނީ ކެމްޕޭންއެެއްވެސް ފަށައިފަ އެވެ.