މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، ބޭންކް އޮފް މޯލްޑިވްސް އަދި ޔޫއެންޑީޕީ ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި ހިންގާ ހަރަކާތްތަކުގެ ތެރޭގައި ވިޔަފާރި ފެއްޓުމާއި ހިންގުމަށް ތައްޔާރުކޮށްދޭ ތަމްރީން ޕްރޮގްރާމެއް އޭދަފުށީގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރަށުކައުންސިލުން ބުނެފި އެވެ.
އޭދަފުށީ ކައުންސިލުން ބުނީ މި ތަމްރީން ޕްރޮގްރާމަކީ ރަށުގެ ޒުވާނުންގެ ތެރެއިން ވަޒީފާއެއް ނުލިބިތިބި އަދި ވަޒީފާގައިއުޅޭ ޒުވާނުންނަށާއި، ކުދި އަދި މެދުފަންރީގެ ވިޔަފާރިކުރާ ފަރާތްތަކަށާއި ރަށުގައި ވިޔަފާރިއެއް އަަލަށް ފައްޓަވަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.
އަދި މީގެ އިތުރުން މި ތަމްރީން ޕްރޮގްރާމުގައި ރަށުގައި ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީ އަދި ޖަމިއްޔާތަކަށްވެސް މި ތަމްރީން ރީން ޕްރޮގްރާމޔގައި ބައިވެރިވެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
ދެ ދުވަހުގެ މުއްދަތަށް މުޅިން ހިލޭ ހިންގާ މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހު 14 ގެ ކުރިން އޭދަފުށީ ކައުންސިލަށް ސީޓީ ހުށަހަޅަން ޖެހެއެވެ.